ކ. ބޮލިދުއްފަރު ކައިރިން އިއްޔެ ފެނުނު ކިނބޫ ސިފައިން ހިފައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ބޮލިދުއްފަރު ގޮނޑުދޮށާ ކައިރިން އިއްޔެ ފެނުނު ކިނބޫ އެމްއެންޑީއެފް ކޯސްޓްގާޑުން ހިފާފައިވާ ކަމަށެވެ.

Ad
rt

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮލިދުއްފަރު ކައިރިން ފެނުނު މި ކިނބޫ ހޯދުމަށް ސިފައިން މަސައްކަތް ކުރަމުން ދަނިކޮށް މި ކިނބޫ ފެނިފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު ބޮލިދިއްފަރުގެ ދެކުނުފަރާތު ފަރުމަތިން މޫދުންނެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެއިލަރުން ކުރިމަސައްކަތުން ކިނބޫ ހިފާފައި ވަނީ މިއަދު ހެނދުނު 09:15 ހާއިރުއެވެ.

''ކިނބޫ ހިފުމަށްފަހު ބޮލިދުއްފަރުގެ އިރުން 24 ނޯޓިކަލް މޭލު ބޭރަށް މިހާރުވަނީ ދޫކޮށްލާފައި'' އެމްއެންޑީއެފުން ވިދާޅުވިއެވެ.

ބޮލިދުއްފަރު ކައިރިން އިއްޔެ ފެނީ ހަވީރުގެ ވަގުތެއްގައެވެ.

މި ކިނބުލުގެ ދިގުމިނުގައި 14 ފޫޓު 4 އިންޗި ހުއްޓެވެ.