ނައިބު ރައީސް ފައިސަލް ނަސީމް ތިލަދުންމަތީގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފައްޓަވައިފިއެވެ.
އެމަނިކުފަނުގެ މި ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ހއ. މޮޅަދޫ އަށެވެ. މި ދަތުރުފުޅުގައި ނައިބުރައީސް ވަނީ އެރަށުގެ ފުޓުބޯޅަދަނޑު ހުޅުއްވައި ދެއްވައި ބަނދަރުގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ.
މީގެ އިތުރުން މޮޅަދޫ ކުޑަކުދިންގެ ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅުގައި ހއ ދިއްދޫ އަށް ވެސް ވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅުގައި ދިއްދޫގައި މިރޭ ބާއްވާ ތިލައުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނެއެވެ. ދިއްދޫ އަށް ކުރައްވާ ދަތުރުފުޅުގައި އެރަށުގައި ތިބޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާވެސް ނައިބު ރައީސް ބައްދަލު ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ހދ ކުޅުދުއްފުއްޓަށްވެސް ވަޑައިގަންނަވާނެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕު ފައްޓަވައިދެއްވާނެއެވެ.
މި ދަތުރުފުޅުގައި މި ތިންރަށުގެ ކައުންސިލާ ނައިބު ރައީސް ބައްދަލު ކުރައްވާނެ އެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!