ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފައްޓަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ.

Ad
rt

މިދަތުރުފުޅަކީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ރައީސް އޮފީހުން ހާމަ ކުރަށްވައެވެ.

''މިދަތުރުފުޅުގައި ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން މިއަދު ހަވީރު ބާއްވާ އާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ، އަދި މިދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ'' ރައީސް އޮފީހުން ވިދާޅުވެފަވެއެވެ.

މިދަތުރުފުޅުގައި، ރައީސް ޞާލިޙް، ރ އަތޮޅު ކައުންސިލާ، އަލިފުށީ ކައުންސިލާއި ބައްދަލުކުރައްވާގޮތައް ހަމަޖެހިފައިވާއިރު، އަލިފުށީ ސްކޫލުގައި އިމާރާތްކޮށްފައިވާ މަލްޓިޕާޕަސް ހޯލު ވެސް ހުޅުއްވައިދެއްވާނެއެވެ.

ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.