ހއ. ކެލާ އިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި އެވެ.
ކެލާ ކައުންސިލުން މިމަހުގެ 18 ވަނަ ދުވަހު ކުރި އިއުލާނެއްްގައި ބުނެފައިވަނީ ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މިފަހަރު ކެލާ އިން ދޫކުރަން ނިންމާފައިވަނީ 68 ގޯއްޗެވެ. ނަމަވެސް ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 115 މީހަކު ކުރިމަތިލީކަމަށް ކެލާ ކައުންސިލުން ބުންފައިވެއެވެ.
ކެލާގެ އާބާދީ އުޅެނީ 2600 އަށް ވުރެ މަތީގައެވެ. ބިމުގެ ގޮތުން ތަނަވަސް އެރަށުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2009 ވަނަ އަހަރުގައެވެ.
ކެލާއިން ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކުރާނީ ވަގުތީ ލިސްޓަށް ލިބޭ ޝަކުވާތަކަށް ބެލުމަށްފަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!