ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަށް އެންމެ ގިނަ ފުރުސަތުތައް ހޯއްދަވައިދެއްވައި، އެންމެ ގިނަ ވަޢުދު ފުއްދަވައިދެއްވީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކަމަށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ޞާލިޙަކީ ނުހަނު މަޑުމައިތިރި ވެރިއެއް ކަމަށެވެ. އަދި ރައީސް ޞާލިޙް އެމްޑީޕީގެ މެންބަރުން ލަދުގަންނަ ޒާތުގެ ބޭކާރު އަނގަތަޅުއްވައި ނޫޅުއްވާ ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

‘’އެންމެ ގިނަ ވަޢުދު ފުއްދާ މެމްބަރުންނަށް އެންމެ ގިނަ ފުރުސަތުތައް ހޯދައިދިން ސަޅި ވެރިމީހާ. ރަށްތަކެއް ބަހާނުލާވެސް އަސާސީ ޚިދުމަތްތައް ޤާއިމު ކުރޭ.’’ މޫކޭ ވިދާޅިވެފަވެއެވެ.

މޫކޭ ވިދާޅުވެފައި ވަނީ ރައީސއ ޞާލިޙް ގެންދަވަނީ ޤައުމު ހަމާގައި ހިފަހައްޓަވަމުން ކަމަށެވެ. އަދި ރައީސް ޞާލިޙް ‘’ރީތިކޮށް’’ ޕްރައިމްރީ ކާމިޔާބު ކުރަށްވާނެ ކަމަށް ވެސް ވިދާޅުވެފަވެއެވެ.

މޫކޭ މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ފޯރި ވަރަށް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލާފައި ވަނީ އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.

މި އިންތިޚާބުގައި ރައީސް ނަޝީދުގެ ކެންޑިޑޭޓް ނަމްބަރުއަކީ 1 އެވެ. ރައީސް ސާލިހްގެ ކެންޑިޑޭޓް ނަމްބަރަކީ 2 އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ.