ގޮންޖެހުންތަކާ އެކުވެސް ނިމިދިޔަ 2022 ވަނަ އަހަރު ކާމިޔާބީތަކެއް ހޯދުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މި ފެށުނު މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވުމަށް ކުރެއްވި ޓްވީޓުގަ އެވެ.

Ad
rt

މި ޓްވީޓުގައި ވިދާޅުވެފައިވަނީ މިފެށުނު އައު އަހަރަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަހަރެއް ކަމުގައިވުމަށް އެދިވަޑައިގަންވާ ކަމަށެވެ. އަދި މިއަހަރު އިތުރު ފުރުސަތުތަކެއް ތަނަވަސްވެ، ފަހި ގޮތްތަކެއް މެދުވެރިވާނެކަމުގެ އުންމީދު އޮތް ކަމަށެވެ.

މީގެ އިތުރުން މިފެށުނު އަހަރަކީ ހުރިހާ ރައްޔިތުންނަށް ހެޔޮ ސިއްހަތާއި ކުރިއެރުން ލިބިގެންދާނެ އަހަރަކަށް ވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް މިފަދައިން ޓްވީޓު ކުރައްވާފައިވާއިރު، އެ ދެމަފިރިކަނބަލުން މިވަގު ތިއްބެވީ އަވަށްޓެރި ސްރީލަންކާ ގަ އެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށެވެ.