އައު އަހަރަށް މަރުހަބާ ކިޔުމަށް ހުޅުމާލޭގައި މިރޭ ހަވާ އަރުވާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެ އިދާރާއިން ވިދާޅުވި ގޮތުގައި މިރޭ 00:00 ގައި، ހުޅުމާލޭގައި ހަވާ އަރުވާނީ ސިންތެޓިކް ޓްރެކްގައެވެ.
އައު އަހަރަށް މަރުހަބާ ކިޔުމަށް ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ނިންމާފައިވާއިރު، އައު އަހަރު ފާހަގަ ކުރުމަށް މިރޭ ހުޅުމާލޭގައި އަންނަނީ މިއުޒިކް ޝޯ އެއް ވެސް ދެމުންނެވެ.
"މޯލްޑިވްސް ވާއު ފެސްޓް" ގެ ނަމުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީން އިންތިޒާމު ކޮށްގެން ބާއްވާ މި ޝޯ ވެސް ކުރިއަށް ދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.
މި ޝޯ ގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕައުނީ ޕާންޑޭ ބައިވެރިވާނެއެވެ. ޕައުނީ ޕާންޑޭގެ އިތުރުން ހަބޭސް ބޮޑުބެރު ގްރޫޕް، ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަން ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ބައެއް މުނާސަބާތަކާއި ގުޅުވައިގެން މީގެ ކުރީން ވެސް ހަވާ އަރުވާފަވެއެވެ. އަދި އަމިއްލަ ފަރާތްތަކުން ބައެއްކަންކަން ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެެރެއިން، އެމްއެންޑީއެފުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، އަގު ނަގައިގެން ހަވާ އަރުވައިދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!