އެންމެން ބެލްޓް އަޅައިގެން ބާރަށް ކަމަރު ބަނދެ، އެމަނިކުފާނާއި ބައިވެރިވުމަށާއި އަންނަ އަހަރުގެ ނޮވެންބަރު 11 ގައި ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވާފައި ނޫނީ ހުއްޓާ ނުލާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާލުވެއްޖެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިންގެ ހަރަކާތްތްތައް ފެއްޓުމަށް ބޭއްވި ހަފުލާގައި ރޭ ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

"ފިކުރެއްގެ ދިރުން" މި ޝިއާރުގެ ދަށުން ފެއްޓެވި މި ކެމްޕޭނު ހަފުލާގައި ނަޝީދު ވިދާޅުވީ ރައީސް ސާލިހަށް ވޯޓު ދޭނީ މިވަގުތު ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު ކަމަށެވެ. އަދި އެ މީސްމީހުންގެ އާއިލާތަކާއި އަނބިދަރީން ވެސް ސާލިހަށް ވޯޓު ނުދޭނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހު ނުކުމެވަޑައިގަންނަވާ ފުރަތަމަ ފަހަރު. އެހެން ކަމުން އަލަށް އިންތިހާބަކަށް ނުކުމެވަޑައިގަންނަ ވާ އިރު އެމަނިކުފާނަށް ތާއީދެއް ނޯންނާނެ. މިއީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހު ނުކުމެވަޑައިގަންނަވާ ފުރަތަމަ ފަހަރު." ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި ކޯލިޝަން ހެދުމުގެ ފުރުސަތެއް ނެތްކަމަށެވެ.

މީގެ ހަތަރު އަހަރު ކުރިން ވެރިކަން ބަދަލު ކުރުމަށް ސިޔާސީ ޕާޓީތައް ގުޅިގެން ކޯލިޝަން ހެދިނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު މާބޮޑަށް ވެސް ތަފާތު ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެވެ.