އުރީދޫ މޯލްޑިވްސްގެ އެމްފައިސާ ކަސްޓަމަރުންނަށް ޖާޒިއާއިން ޑިސްކުންޓް ލިވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ޖާޒިއާއިން ގަންނަ ތަކެއްޗަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދައްކައިގެން 5 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެއެވެ.
މިއީ ލިމިޓެޑް ޓައިމް އޮފާއެކެވެ. މި އޮފާ ކުރިއަށްދާނީ ޖެނުއަރީ މަހުގެ ނިޔަލަށެވެ.
ޖާޒިއާ އަކީ ކަސްޓަމް މޭޑް ނުވަތަ ބޭނުން ގޮތަކަށް ޖާޒީ ޑިޒައިން ކުރާ ކުންފުންޏެކެވެ.
އެމްފައިސާ ބޭނުން ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މައި އުރީދޫ އެޕްލިކޭޝަން ބޭނުންކޮށްގެން ރަޖިސްޓްރީ ކުރެވޭނެއެވެ. އުރީދޫގެ ކަސްޓަމަރުންގެ އިތުރުން އެހެން ނެޓްވޯކްތައް ބޭނުންކުރާ ފަރާތްތަކަށްވެސް އެމްފައިސާ ބޭނުން ކުރެވޭނެ އެވެ.
އުރީދޫއިން އަންނަނީ އެ ކުންފުނީގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާގެ ކަސްޓަމަރުންނަށް ތަފާތު އެކި ޕްރޮމޯޝަންތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!