ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް، މީޑިއާ ބްރީފިންއެއް ނުބާއްވަވާތާ ހައެއްކަ މަސް ވޭތުވުމަށްފަހު އިއްޔެ ހަވީރު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުން ފައްޓަވަމުން ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން އެ މަނިކުފާނު ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގަތް ވަޢުދުތައް ވެރިކަމުގެ ދައުރުގައި ފާއިތުވި މުއްދަތުގެ ތެރޭގައި ފުއްދިފައިވާ މިންވަރުގެ މައްޗަށް ކުރުކޮށް އަލިއަޅުއްވާލައްވާފައެވެ.
ތިރީގައި މި ހިމަނާލަނީ މި މައުލޫއަށް ރައީސްގެ އިއްޔެގެ ވާހަކަފުޅުގައި ދެއްކެވިވާހަކަފުޅުގެ ބައިތަކެވެ.
''ސަރުކާރަށް 4 އަހަރު ފުރިއްޖެ، ގުނަމުން ދަނީ ފަސް ވަނަ އަހަރު، ވީ ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ، ރާއްޖެއަށް އަލުން އަނބުރާ ހިތްހަމަޖެހުން ގެނެސްދެވިއްޖެކަމުގެ ހިތްހަމަޖެހުން އެބަލިބޭ، އަސާސީ ޚިދުމަތްތައް ރާއްޖޭގެ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މިހާރު ވެސް ދަނީ ބާރަށް ކުރިއަށް'' ފައްޓަވަމުން ރައީސް ވިދާޅުވިއެވެ.
ސާފު ބޯފެނާއި ނަރުދަމާ
- އެންމެހާ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާ ފޯރުކޮށް ދިނުމަށް 141 މަޝްރޫޢު މިހާރު ވެސް ކުރިއަށް އެބަދޭ،
ކަރަންޓްގެ ޔަޤީންކަން
- ކަރަންޓްގެ ޔަޤީންކަން ވަނީ އެންމެނަށް ފޯރުކޮށްދެވިފައި،
- 144 ރަށެއްގައި 313 ޖަނަރޭޓަރު އަލަށް ބެހެއްޓި، އިންޖީނުގެ އޮފީސް އިމާރާތް ކުރުމުގެ 76 މަޝްރޫޢުއެއް ކުރިއަށް އެބަދޭ،
ލަފާފުރުމުގެ މައްސަލަ ހައްލުކުރުން
- ލަފާފުރުން ހައްލުކުރުމަށް 47 ބަނދަރު ނިމި، 37 ރަށެއްގެ މަސައްކަތް ކުރިއަށް އެބަދޭ،
މަގު ހެދުމުގެ މަސައްކަތް
- 31 ރަށުގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ،
ބިން އިތުރުކުން
- 7 ރަށުގެ ބިން އިތުރުކޮށް ނިމި 8 ރަށުގެ ބިން އިތުރުކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދޭ،
ސިއްހީ ދާއިރާ
- ސިއްހީ ދާއިރާގެ 31 މަޝްރޫޢުއެއް ވަނީ ނިމިފައި،
- ރަށްރަށުގެ ހުރި ސިއްހީ މަރުކަޒާއި، އަތޮޅު ހޮސްޕިޓަލްތަކާއި ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫޢުތައް މީގެ ތެރޭގައި ހިމެނޭ،
ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅައިލުން
- ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ މަސައްކަތް ވަނީ ފެށިފައި،
- މިދިޔަ 6 މަސް ދުވަހުގެ ތެެރޭގައި ޅ. އަތޮޅު ހިމެނޭގޮތަށް ބޮޑުތިލަދުންމައްޗަށް އާރުޓީއެލްގެ ލޯންޗު ފެރީގެ ޚިދުމަތް ތަޢާރަފް ކުރެވުނު،
- އާރުޓީއެލްގެ ލޯންޗު ފެރީ މެދުވެރިކޮށް 1 ލައްކައަށްވުރެ ގިނަ ފަސިންޖަރުން މިހާތަނަށް ދަތުރުކޮށްފައިވޭ،
- މާލެ، އައްޑޫ، ލ. އަތޮޅާއި ފުވައްމުލަކުގައި މިނީ ބަސް ތައާރަފް ކުރެވިއްޖެ،
ބޯހިޔާވަހިކަން
- މާލެއާއި އަތޮޅުތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ އެކި މަޝްރޫޢުތައް ކުރިއަށް އެބަދޭ
- އޭގެތެރޭގައި އެކި ކެޓަގަރީގެ ފްލެޓްތައް ހިމެނޭހެން މާލޭގައި އަޅާ 8700 ފްލެޓް ހިމެނޭ
- މާލޭގައި އަޅާ ފްލެޓްތަކުގެ ތެރެއިން ކުރިމަތިލުމަށް ފުރަތަމަ ފުރުސަތު ހުޅުވާލި 4000 ފްލެޓަށް 22667 މީހުން ހިމެނޭގޮތަށް 20697 އެޕްލިކޭޝަން ލިބިފައިވޭ
- އަތޮޅުތެރޭގައި 4436 ފްލެޓާއި ރޯހައުސް އެޅުމުގެ މަސައްކަތްކުރިއަށް އެބަދޭ،
- ގެދޮރުވެރިޔާ ލޯނު 183 މީހަކަށް 168 މިލިއަން ރުފިޔާ މިހާތަނަށް ދެވިއްޖެ،
- މާލެ ސަރަހައްދުން ދޫކުރުމަށް ކަނޑައަޅާފައިވާ 5000 ގޯތި ދޫކުރުމަށް އެޕްލައިކުރުމަށް ހުޅުވާލި ފުރުސަތުގައި 23488 މީހުން ހިމެނޭގޮތަށް 15164 އެޕްލިކޭޝަން ލިބިފައިވޭ،
އުފެއްދުންތެރި ޖީލެއް ބިނާކުރުން
- އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ މުހިންމު މަޝްރޫޢުކަމުގައިވާ ހިލޭ ޑިގްރީގެ ދަށުން 16،000 އަށްވުރެ ގިނަ ކުދިން ތައުލީމު ހާސިލުކުރަމުން އެބަގެންދޭ،
- މިހާތަނަށް 6519 ކުދިން ގްރޭޖުއޭޓްވެ ނިމިއްޖެ،
އެންމެ ކުޑަ އުޖޫރަ
- ސަރުކާރުން ވަޢުދުވިގޮތަށް މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ޤާނޫނަކުން ކަށަވަރުކޮށް ދެވިއްޖެ،
- އޭގެތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 13،000 މުވައްޒަފުން
- ސަރުކާރުގެ އެކިމަޤާމުތަކުގައި ވަޒީފާ އަދާކުރާ 15،000 މީހުން
- ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ 5000 އަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ
ތައުލީމީ ދާއިރާގެ މަސައްކަތްތެރީންނަށް ރަނގަޅު މުސާރަ
- ތައުލީމީ ދާއިރާގައި މަސައްކަތްކުރާ 10000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ރަނގަޅު ބަދަލު ގެނެވިއްޖެ،
ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުން
- ހިފެހެއްޓިފައިހުރި ބާރުތައް ދޫކޮށްލެވިއްޖެ،
- ލާމަރުކަޒީ ބޮޑު ބަދަލު ގެނެވެން ފަށައިފި،
ކޯވިޑުގެ އެހީ
- ކޯވިޑުން އަރައި ގަތުމަށް އިންކަމް ސަޕޯޓްގެ ގޮތުގައި 22946 މީހުންނަށް 421 މިލިއަން ރުފިޔާގެ އެހީ ދެވުނު،
- ވިޔަފާރި އެހީގެ ގޮތުގައި މި މުއްދަތުގައި 2818 ފަރާތަކަށް 1.6 ބިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރެވުނު
ނެޓް ޒީރޯގެ އަމާޒު
- 2030 ވަނަ އަހަރު ނެޓް ޒީރޯއަށް އަމާޒު ހިފުމަށް ގިނަ ކަންތައްތަކެއް މިހާރުވެސް ކުރެވެމުން އެބަދޭ،
- އެ ގޮތުން 20 މެގަވޯޓު ސޯލާ ޕީވީ ސިސްޓަމް އިންސްޓޯލްކޮށް ނިމިއްޖެ،
- ހޯމް ސޯލާ ޕްރޮގްރާމްގެ ދަށުން 1 މެގަވޯޓު ސޯލާ ޕީވީ ސިސްޓަމް ގޭބިސީތަކުގައި ހަރުކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އެބަދޭ، މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 589 ކިލޯވޯޓުގެ ސޯލާ ޕީވީ ސިސްޓަމް 2012 ގޭބިސީގައި ގާއިމުކޮށް ވަނީ ނިމިފައި،
ތިމާވެށީގެ ގޮތުން ސަރަހައްދުތައް ހިމާޔަތްކުރުން
- 2018 އިން ފެށިގެން މިހާހިސާބަށް 32 ސަރަހައްދެއް ހިމާޔަތް ކުރެވިއްޖެ،
- އޭގެ ތެރޭގައި ޗަސްބިމާއި، ފަލާއި، ކުޅިތައް ހިމެނޭ
ތިމާވެށި ހިމާޔަތް ކުރުން
- 13 ބާވަތެއް ރާއްޖެ އެތެރެކުރުމާއި، ރާށްޖޭގައި ބޭނުންކުރުމާއި އަދި ރާއްޖޭގައި އުފެއްދުން މަނާކުރާ ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރަން ވަނީ ފަށާފައި،
- ޕްލާސްޓިކް ވޭސްޓް މަދުކުރުމަށްޓަކައި، މި ޕްލޭންގެ ދަށުން 10 ބާވަތެއްގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުމާއި ބޭނުން ކުރުން ވަނީ މަނާކުރެވިފައި،
- މި ޕްލޭން ތަންފީޒު ކުރަން ފެށިފަހުން އެއް އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 2/1 ވަނީކުރެވިފައި،
- ތިލަފުއްޓަށް ކުނިޖަމާކުރުން ހުއްޓުވުމަށްޓަކައި އެކުނިތައް އެކަށީގެންވާގޮތަށް މެނޭޖްކުރަންފަށައި،
- ތިލަފުށިން ދުން އެރުވުން ހުއްޓުމަކަށް ގެނެވިއްޖެ،
- ޒަމާންތަކެއް ވަންދެން 20 ރަށެއްގައި ޖަމާވެފައިހުރި 29 ހާސް ޓަނުގެ ކުނި ސާފުކޮށް ނިމިއްޖެ،
މަރު ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތައް
- މަރުކޮމިޝަނުން ތިން ރިޕޯޓެއް މިހާތަނަށް ލިބިއްޖެ،
- އެންމެފަހުން ލިބުނީ އަހްމަދު ރިޟްވާން އަބުދުﷲގެ ގެއްލުވާލި މައްސަލައިގެ ރިޕޯޓު، އެކަމާއި ގުޅިގެން 3 މީހެއްގެ މައްޗަށް މިހާރު ވެސް ކޯޓުގައި މައްސަލަ ހިނގަމުން އެބަދޭ، އިތުރުފަރާތްތަކަށް ދައުވާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް އެބަދޭ، ކޮމިޝަން ރިޕޯޓުގައި ފާހަގަކޮށްފައި ހުރިކަންކަން ދައުލަތުގެ އިދާރާތަކާއި ގުޅިގެން އިސްލާހް ކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް އެބަދޭ،
- އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ 14 މައްސަލައެއް މީގެކުރިން ކޯޓަށް ހުށަހަޅާފައިވޭ، މީގެ ތެރެއިން 5 ފަރާތަކަށް ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވޭ، 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި މިހާރުވެސް ކުރިއަށް އެބަދޭ، 53 މައްސަލަ އޭސީސީން މިހާރު ތަހްގީގު ކުރަމުން އެބަދޭ،
- މި ދެކޮމިޝަނަށް ހަވާލުކުރު ބުރަ މަސައްކަތް ހިނގަމުން ދަނިކޮށް ދެ ކޮމިޝަންގެ މަސައްކަތަށް ހުއްޓުމެއްއައި،
- 2020 ވަނަ އަހަރު އައިއިރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޕޯޓުތައް އާންމުވުމާއިގުޅިގެން މަސައްކަތްތައް ދުރުވެލި،
- މަރުކޮމިޝަންގެ މަސައްކަތައް އެއް އަހަރަށް މެދުކެނޑިގެންދިޔަ،
- ހެކިންނާއި މައުލޫމާތު ދޭންތިބި މީހުންގެ ނަންތައް ހާމަވުމުން މައުލޫމާތު ދިނުމަށް އެ ބޭފުޅުން ފަހަތަށް ޖެހުނު،
- އެހެނަމަވެސް މި ދެކޮމިޝަނުން ބުރަ މަސައްކަތްތަކެއްކޮށް ނަތީޖާތަކެއް ނެރެފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން
2022 ވަނަ އަހަރަކީ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު އަހަރެއް
- ނިމިގެންމިދާ 2022 ވަނަ އަހަރަކީ އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު އަހަރެއް،
- ކޯވިޑަށް ފަހު އިރުމަތީ ޔޫރަޕްގައި ފެށިގެން ދިޔަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި،
- މި އުނދަގޫތައް ހުރަސް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު،
- އާމްދަނީ އިތުރުވިނަމަވެސް ދުނިޔޭގެ ބާޒާރުގައި މުދަލާއި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އިތުރަށް ފައިސާ ހޯދާންޖެހުނު،
- އެހެނަމަވެސް މުސްތަގުބަލް ފެންނަނީ އުޖާލާކޮށް، އަހަރު ނިމިގެންދާއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު ދަނީ ރަނގަޅުވަމުން، މިހާރު ރާއްޖޭގެ އިގްތިސާދު ކޯވިޑް ނަވާރައިގެ ކުރިން އޮތް ހިސާބަށް އަލުން އަނބުރާ ގާތްގަނޑަކަށް ވާސިލް ވެވިއްޖެ،
- 2022 ނިމޭއިރު 12.3 އިންސައްތަ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކުރެވޭ، އަދި 2023 ވަނަ އަހަރަށް އަންދާޒާއަކީ 7.6 އިންސައްތަ ކުރިއަރާނެކަމަށް،
- އިގްތިސާދު ރަނގަޅުވި މައިގަނޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވުން، ގާތްގަނޑަކަށް މިހާރު ޕްރީޕެންޑަމިކް ލެވެލަށް ފަތުރުވެރިން ރާއްޖެއާދޭ،
- ކޯވިޑަށްފަހު ދުނިޔޭގެ ނިސްބަތުން އެންމެ ބާރު ދުވެއްޔެއްގައި އިގްތިސާދު ކުރިއަރާ 10 ގައުމުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައި،
- 2021، 2022 ވަނަ އަހަރު އެންމެ ކުރިއަރާ ދިޔަ 5 އިގްތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނޭ،
- އަންނަ އަހަރަކީ ހުރި ގޮންޖެހުންތައް ހުރަސްކުރުމަށް އުންމީދުތަކެއް ލިބިގެންދާނެ އަހަރެއްކަމަށް އަޅުގަނޑު ޔަގީން ކުރަން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!