ނ. ހޮޅުދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް އިއްޔެ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި ހޮޅުދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ވަނީ އިއްޔެ ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަވާ ކަމަށެވެ.

Ad
rt

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ލައިކޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.

3,641,766.02 ރުފިޔާ ( ތިން މިލިއަން ހަލައްކަ ސާޅީސްއެއްހާސް ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ދެލާރި) އަށް ހަވާލުކުރި މި މަސައްކަތް 180 ދުވަސް ތެރޭ ނިންމަން ޖެހެއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން ވެސް ބަޔަކާ ހަވާލުކޮށްފައެވެ. އެ މައްސަތް ހަވާލުކުރީ ލަކީ ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

ސަރުކާރުން ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކުގެ ސިއްހީ ވަސީލަތްތައް އިތުރުކޮށް، ތަރައްގީ ކުރުމާއެކު ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް އަޅައި، ފުރިހަމަކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.