މާލެ ސަރަހައްދުން ފަގީރުން ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓަރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މި މަހުގެ 22 އިން ފެށިގެން އަންނަ ޖެނުއަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދު ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް މިނިސްޓްރީއަށް ފޯމު ހުށަހެޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން އިތުރަށް ވިދާޅުވީ މި އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނެތް މީހުންނަކީ މިވަގުތު ވެސް ފަގީރުންގެ ދަފްތަރުގައި ތިބި މީހުން ކަމަށެވެ.
އެހެންކަމުން، އެ މީހުން އަލުން ރަޖިސްޓަރީ ވާން ނުޖެހޭނެ ކަމަށާއި ނަމަވެސް އެ އާއިލާތަކުގައި ވެސް އަންނަ މަހުގެ 19 އަށް 18 އަހަރު ފުރޭ ކުއްޖަކު ހުރި ނަމަ ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރި ނަމަ އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!