ހުޅުމާލޭ ޣާޒީ ސްކޫލްގައި އެ ސްކޫލްގެ މުދައްރިސުން އިހްތިޖާޖު ކުރަމުން އެބަދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލްގެ މުދައްރިސުން އިހްތިޖާޖު ކުރަމުން ދަނީ އެ ސްކޫލްގައި ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެފައިވާތީ، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ.
އެ އިހްތިޖާޖުގައި އެ ސްކޫލްގެ ގިނަ އަދަދެއްގެ މުދައްރިސުން ބައިވެރިވަމުން އަންނައިރު، އެ މުދައްރިސުން ޝުއޫރުފާޅުކުރުމަށް ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި '' މީސް މީހުން ހެކްކޮށްފި، ނެޓް ޑްރައިވް ހެކްކޮށްފި، ސްކޫލް ޑާޓާބޭސް ގެއްލިއްޖެ''، ''ޓީޗަރުން ތިބީ ކުދިންގެ ރިޕޯޓް ނުހެދިފައި، ޒިންމާވާނީކާކު، ޓީޗަރުންގެ ކުށަކީ ކޮބާ؟''، ''ބެލެނިވެރިން ހަދިޔާކުރި ޓީވީތަކަށް ވީގޮތަށް ނޭނގުނު، 3 ޓީވީ ގެއްލިއްޖެ'' ފަދަ އިބާރާތްތައް ލިޔެފަ ވެއެވެ.
އހުތިޖާޖު ކުރަމުންދާ މުދައްރިސުން ހިފަހައްޓައިގެން ތިބި ބައެއް ލިޔުންތައް
މީގެ އިތުރުން ވެސް ސްކޫލް ޓާފް ދަނޑު ކުއްޔަށް ދީގެން ލިބޭ ލާރި ކޮބައިތޯ އާއި، ފިންގަ މެޝިންގެ ޑާޓާއަށްވީ ކިހިނެތްތޯއާއި، ފެންނަނީ ހަމައެކަނި އެޑްމިނިސްޓްރޭޓަރުގެ ހާޒިރީ ކަމަށާއި، ޖެމްސް ކުލާހުގެ ސްލައިޑް ދޮރާއި، ޕާޓިޝަން އަށް ވީ ކިހިނެއްތޯއާއި، އެ ހުރިހާ ކޮރަޕްޝަނެއްގެ ޒިންމާ ނަގަންވީ ގާޒީ ސްކޫލްގެ މުވައްޒަފުންތޯ ސުވާލުކޮށް ލިޔެފައިވާ ލިޔުންތައް އިހުތިޖާޖުގައި ބައިވެރިން ތިބީ ހިފަހައްޓައިގެންނެވެ.
އހުތިޖާޖު ކުރަމުންދާ މުދައްރިސުން ހިފަހައްޓައިގެން ތިބި ބައެއް ލިޔުންތައް
މިކަމާއިގުޅިގެން މައުލޫމާތު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން މާލޭ ޒޯނަށް ކަނޑައަޅުއްވާފައި ހުންނަވާ ކޯޑިނޭޓަރ ނަސީމަށް ''ތިލަދުން'' އިން ގުޅަން މަސައްކަތް ކުރިނަމަވެސް، ފޯނަށް އަދި ޖަވާބު ނުދެއްވާތީ އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ލިބިފައެއް އަދި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!