ގައުމު "ދުއްވަންވީ ކާކުކަން، ނިންމުމުގެ ވަގުތު ޖެހިއްޖެ" ކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވެއްޖެ

Aslam

ގައުމު "ދުއްވަންވީ” ކާކުކަން، ނިންމުމުގެ ވަގުތު ޖެހިއްޖެ ކަމަށް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ ސަރުކާރުން އިމާރާތް ކުރި 165 ހައުސިން ޔުނިޓްތައް ލިބުނު ފަރާތްތަކާއި ރަސްމީކޮށް ހަވާލުކުރުމަށް މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ނެވެ.

އަސްލަމް ވިދާޅުވީ މިހާރު މިދާ މިސްރާބުގައި ކަންކަން ކުރިއަށް ގެންދަން ބޭނުންވާނަމަ، ކަން ކުރަންވީ ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކުޅުދުއްފުށީގައި ހައުސިންގ ޔުނިޓް އިމާރާތް ކުރަން ފަށައި، އެކަން ކުރިއަށްދަނިކޮށް އެމްޑީޕީގެ ވެރިކަން ވައްޓާލުމުން އެތަންތަނުގެ މަސައްކަތް ހުއްޓުނުކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެކަމުގެ ސަބަބުން ވޭތުވެދިޔަ 11 އަހަރު އެ މަސައްކަތް ކުރިއަށް ނުގެންދެވި މަޑުޖެހިފައި އޮއްވައި، ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ މި ހުވަފެނުގައި ކުލަ ޖައްސަވައިދެއްވީ ރައީސް ސާލިހު ކަމަށެވެ.

"ނިންމުމެއް ނިންމީމަ އިނގޭނީ އެގޮތަށްކަން އެކަން އޮތީ. އުންމީދު ކުރަން އެގޮތަށްކަން ތިބޭފުޅުން އެކަން ނިންމަވާނީ" އަންނަ 2023 ވަނަ ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދު ކުރެއްވުމަށް 'ނުސީދާ' ގޮތަކަށް އަސްލަމް ވިދާޅުވި އެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ސަރުކާރުން ނިންމަވާފައިވަނީ މާލެއަށް މީހުން ޖަމާކުރުމަށް ނޫން ކަމަށާއި އޭގެ ބަދަލުގައި އަތޮޅު ތެރޭގައި މިހާރު ވެސް 1520 ހައުސިންގ ޔުނިޓް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. mi sarukaaruge enemebodu failure ehkameves ninmanulevunu meehe. male rayithunaves nei ehkameves. kobaa goathi?koba flat tha? kobaa Bridge? kobaa ehkameves nuvey

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި