ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މަސްރޭހަކީ ނެއްލައިދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މުއައްސަސާތަކުގެ އިތުރުން ކުލަބު ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަސް ރޭހެކެވެ.
ދިވެހި ރާއްޖޭގައި ކޮންމެ އަހަރަކު ވެސް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ޓީމަތަކުން މި މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޓީމް ރަޖިސްޓަރީ ކުރާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަށް ނެއްލައިދޫ ކައުންސިލުން އެދިލައްވައެވެ.
ފޯމް: https://forms.office.com/r/wU3nMr5dpi
މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި އެންމެ ގިނަ ވެގެން 10 މެމްބަރުން ޖެހޭއިރު، އެންމެ މަދުވެގެން ޓީމެއްގައި 4 މެމްބަރުން ތިބެން ޖެހެއެވެ. މަސްރޭސް ފެށުމަށް ހަމަޖެހިފައި ވަނީ ދިވަނަ ދުވަހުގެ ހެނދުނު 06:00 ގައެވެ. މަސް ބާނައިގެން ދޯނިތައް އެ ދުވަހުގެ 16:00 ގެ ކުރިން ނެއްލައިދޫ ބަނަދަރަށް ވަންނަން ޖެހެއެވެ.
މުބާރާތުގެ އެއްވަނަ ހޯދާ ޓީމަށް 2000 (ދެހާސް) ރުފިޔާ، ދެވަނަ ހޯދާ ޓީމަށް 1000 (އެއްހާސް) ރުފިޔާ، ތިންވަނަ ހޯދާ ޓީމަށް 500 (ފަސްފަތޭކަ) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެންމެ ބަރުމަސް ބޭނި ފަރާތާއި އެންމެ މޮޅު ކެއޮޅުވެސް ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!