ހުޅުމާލޭ ސިނާއީ ސަރަހައްދުގައި 8 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހުއްދަ ދީފި

Hulhumale_

ހުޅުމާލޭ ސިނާއީ ސަރަހައްދުގައި 8 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހުއްދަ ދީފި އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ، ވިޔަފާރިތައް ގިނަވަމުން ދާއިރު މިކަމަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ޤާއިމު ކުރުމަށް ކަނޑައެޅިފައިވާ އިންޑަސްޓްރިއަލް ޒޯންގެ މިހާރު ކަނޑައެޅިފައިވާ އިމާރާތް ކުރުމުގެ އުސްމިނަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މި ބަދަލު ގެންނަނީ ސިނާއީ ސަރަހައްދަށް ޑިމާންޑް ބޮޑުވެފައިވާތީ އެކަމަށް ހައްލެއް ހޯދައިދިނުމާއި، ހުޅުމާލޭގައި ހިންގޭ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށް އެޗްޑީސީ އިން ވިދާޅުވި އެވެ. އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުމަކީ ވެސް މި ބަދަލު ގެނައި މަގުސަދެއް ކަމަށް ވިދާޅުވި އެވެ.

މި ބަދަލާ އެކު އެ ސަރަހައްދުގައި މިހާރުހުރި އިމާރާތްތަކުގައި ހިދުމަތް ހޯދައި، ހިދުމަތް ދެމުން ގެންދާ ފަރާތްތަކަށް ވިޔަފާރި ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވި އެވެ.

މީގެ އިތުރުން އެ ކޯޕަރޭޝަނުން ވިދާޅުވީ ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި އެކަންތަތްތަކަށް އަވަސް ހައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއްކުރައްވަމުން ގެންދަވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތަށް ދެމި ތިއްބަވާނެ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އިމާރާތް ކުރެވޭ އެންމެ އުސްމިން ކަނޑައެޅުމަކީ ވެސް ސިޔާސީ އުކުޅެއް. ކޮންމެ އިންތިހާބަކަށް އުސްމިނަށް ބަދަލު އަންނާނެ. މިފަހަރު ވިލިނގިލީގައި ވެސް 10 އަށް އިމާރާތް ކުރެވޭގޮތް ހަދާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި