ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގައިނައިޒޭޝަން (ޔުނެސްކޯ) ގެ ޖެނެރަލް ކޮންފަރެންސްގެ 40 ވަނަ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެ ވެއްޖެއެވެ.
ފްރާންސްގެ ޕެރިސްގައި ކުރިއަށްދާ މި ބައްދަލުވުމުގައި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޯ ޔުނެސްކޯގެ ޗެއާޕާސަން އަދި މިނިސްޓާ އޮފް އެޑިޔުކޭޝަންގެ ގޮތުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ލެވެލް ފޯރަމްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމާއި ޔުނެސްކޯ މެން އެންޑް ބައޮސްފިއާ ކައުންސިލްގެ މެމްބަރަކަށް ރާއްޖެ ވާދަކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް ލޮބީ ކުރެއްވުމަށްވެސް ވަނީމި ދަތުރުގައި ވަނީ ހަމަޖެހިފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
Minister Dr. Aishath Ali & delegation taking part in the policy debate of the 40th UNESCO General Conference being held in Paris. #unescoGC@aisthly @fathnaseer pic.twitter.com/hKo0eEgo6n
— Ministry of Education (@MoEdumv) November 13, 2019
މި ބައްދަލުވުމުގެ ތެރެއިން ގައުމުތަކުގެ އެޑިޔުކޭޝަން މިނިސްޓަރުންނާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްބޭފުޅުން އަދި ތައުލީމީ އެކްސްޕާޓުންނާއި ބައްދަލުކުރައްވާ ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަޖުރިބާ ހިއްސާކުރައްވަން ހަމަޖެހިފައިވެ އެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖެއަށް ފަންނީ އެހީ ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް އެޑިއުކޭޝަނުން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!