ޓިއުނީޝިއާ ބަލިކޮށް ދެވަނަ ބުރުގެ އުއްމީދު އޮސްޓްރޭލިއާއި އާކޮށްފި

photo_2022-11-26_17-55-19

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީގައި އޮސްޓްރޭލިއާ އަދި ޓިއުނީޝިއާ ބައްދަލުކުރި މެޗު ކާމިޔާބު ކޮށް މުބާރާތުގެ ދެވަނަބުރުގެ އުންމީދު އޮސްޓްރޭލިއާއިން އާކޮށްފިއެވެ.

އަލް ޖަނޫބް ސްޓޭޑިއަމުގައި ޓިއުނީޝިއާއާއި ދެކޮޅަށް ކުޅުނު މެޗު އޮސްޓްރޭލިއާއިން ކާމިޔާބު ކުރީ 0-1 އިންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު މެޗުގެ 23 ވަނަ މިނިޓުގައި އޮސްޓްރޭލިއިން ކާމިޔާބު ކުރިއިރު، އެ ޓީމަށް މި ލަނޑު ކާމިޔާބު ކޮށްދިނީ މިޗް ޑޫކް އެވެ. އޭނާ މި ލަނޑު ޖެހީ ގުޑްވިން އޭރިޔާގެ ތެރެއަށް ހުރަސް ކޮށްލި ބޯޅަ އެއް ޓިއުނީޝިއާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ބޮލުން ފޮނުވާލައިގެންނެވެ. މި ލަނޑަށް ފަހުވެސް ނުރައްކާތެރި ދެ ހަމަލާއެއް ޓިއުނީޝިއާގެ ގޯލާއި އަމާޒުކޮށް އޮސްޓްރޭލިއާއިން ވަނީ ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާތައް ގޯލަކަށް ބަދަލުކޮށް ނުލެވުނެވެ.

ފުރަތަހާފަށް ބަލާއިރު، މި ހާފުގައި ޓިއުނީޝިއާއައިން ވެސް އޮސްޓްރޭލިއާގެ ގޯލާއި އަމާޒުކޮށް ތިން ހަމަލާއެއް ފޮނުވާލާފައިވެއެވެ. ނަމަވެސް އެ ހަމަލާތައް ގޯލަކަށް ބަދަލުކޮށް ނުލެވުނެވެ.

ދެ ވަނަ ހާފުގައި ޓިއުނީޝިއާ ފެނުނީ އޮސްޓްރޭލިއާއަށް ވުރެ ވަރުގަދަކޮށެވެ. އެގޮތުން ކުރިޔަށް ޖެހިގެން ނަތީޖާ ހަމަހަމަކޮށްލަން އެޓީމުން ވަރަށް ބޮޑަށް މަސައްކަތް ކުރި ތަން ފެނިގެން ދިޔައެވެ. ނަމަވެސް، ޓިއުނީޝިއާއަށް އޮސްޓްރޭލިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ.

މި ނަތީޖާއާއެކު އޮސްޓްރޭލިއާ އޮތީ އެޓީމުން ކުޅުނު ކުޅުނު ދެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ގުރޫޕުގެ ދެވަނަ މަޤާމުގައެވެ. އަދި އޮސްޓްރޭލިއާ އަތުން ބަލިވި ޓިއުނީޝިއާ އޮތީ އެއް ޕޮއިންޓާއި މައިނަސް ގޯލަކާއި އެކު ގުރުޕުގެ ފުލުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *