ހއ.ކެލައިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ވަގުތީ ނަތީޖާ އެ ކައުންސިލުން އާންމު ކޮށްފިއެވެ.

ކެލައިން ދޫކުރުމަށް ހަމަޖެހިފައިވާ 33 ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން 263 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ.

Ad
rt

މިއަދު އެ ކައުންސިލުން ގޯއްޗަށް ކުރިމަތިލީ ފަރާތްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ލިސްޓް އާންމު ކޮށްފައިވާއިރު، 11 ފަރާތަކަށް ވަނީ 90 މާކްސް ލިބިފައެވެ. އެ އަދަދަށް މާކްސް ލިބިފައިވާ ފަރާތްތަކަށް ގެވަޅު ލިބޭނެކަން އެ ލިސްޓުގައި ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ދެން އޮތް 22 ގޯއްޗަށް 87.5 މާކްސް ލިބިގެން ޝަރުތު ހަމަވާ 34 ފަރާތެއް އެބަތިއްބެވެ. އެފަރާތްތަކުގެ މެދުގައި ގުރުއަތު ލުމަށް ވަނީ ހަމަޖެހިފައެވެ.

އާންމު ކުރެވިފައިވާ މާކްސް ޝީޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ކުރިއަށް އޮތް ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން އެ ކައުންސިލަށް ހުށަހެޅުމަށް އެފަރާތުން ވަނީ އެދިލައްވާފައެވެ.

ލިސްޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/105590.pdf