50 ރުފިޔާގެ ނޫޓަށް ބަދަލުތަކެއް ގެނެސް އާ ޗާޕު ތައާރަފުކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 50 ރުފިޔާގެ އާ ޗާޕުތައް ދައްކާލީ މިދިޔަ އާދީއްތަ ދުވަހުއެވެ.

Ad
rt

މި ނޫޓަށް މައިގަނޑު ތިން ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން އެންމެ ބޮޑު ބަދަލީ ދިވެހި ރުފިޔާގެ ނިޝާނެއެވެ. މިއީ ރުފިޔާގެ ނިޝާން ހިމެނި ފުރަތަމަ ނޫޓުތަކެވެ.

ދިވެހި ރުފިޔާގެ ނިޝާން ނޫޓުގެ ދެ ފަރާތުގައި ހިމެނުމުގެ އިތުރުން
ގަވަރުނަރު އަލީ ހާޝީމްގެ ސޮޔާއި ތާރިހުގެ ގޮތުގައި 8 ސެޕްޓެމްބަރު 2022، 12 ސަފަރު 1444 ވަނީ ޖަހައިފައެވެ.

އެމްއެމްއޭއިން ބުނީ 50 ރުފިޔާގެ އާ ނޫޓާއެކު މިހާރު ބޭނުންކުރަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުކުރަމުންދާނެ ކަމަށެވެ.

އާ ނޫޓު ދައުރުކުރަން ނެރޭ ތާރީޚު އެމްއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.