ށ. މާއުނގޫދޫގައި ރޭ ހިނގި މާރާމާރީއާއި ގުޅިގެން ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ދެންނެވުމުން ފުލުހުންގެ ޚިދުމަތުން ''ތިލަދުން'' އަށް ވިދާޅުވީ، މާއުނގޫދޫގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީފައިވާ ކަމަށް ރޭ 12:40 ގައި އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި 31 އަހަރުގެ މީހާއަށާއި، 25 އަހަރުގެ މީހާއަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށާއި، އަދި 31 އަހަރުގެ މީހާއަށް އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ޙޮސްޕިޓަލް އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
''މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވޭ،'' ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން މި މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!