ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހއ މޮޅަދޫ ސްކޫލްގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފް ނޮތާން އޭރިއާގެ ސިފައިން މޮޅަދޫ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި މި ޕްރޮގްރާމްގައި މުދައްރިސުންނާއި ދަރިވަރުންނާއިއެކު 90 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމަތު ދެއްވައެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ކަނޑުމަތީގައި ހިނގާ ހާދިސާތަކަށް ދަރިވަރުން ހޭލުންތެރިކުރުމާއި ދަތުރަކަށް ފަށާއިރު އަޅަންޖެހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކުދިންނަށް އޮޅުންފިލުވައިދީ ހޭލުންތެރިކުރުވުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.
Kan'dumatheege salaamathaai rakkaatherikamah heyluntheri kurumah MNDF Northern Area in HA.Molhadhoo School gai miadhu hingi program ge therein. Mi program gai e school ge teacherunnaai, dharivarunnaai adhi beleniverinnaa eku jumla 90 faraatheh baiverivi. pic.twitter.com/iosbwF3Wgb
— Maldives National Defence Force (@MNDF_Official) November 10, 2019
ކަނޑުމަތީގެ ހާދިސާތަށް މިހާރަކަށް އައިސް ގިނަވެފައިވާއިރު ދާދިފަހުން ވަނީ ލޯންޗެއްގެ ބުރަފަތީގައިޖެހި މީހެއްގެ ފައި ބުރިވެފައެވެ. އަދި ހދ ނޮޅިވަރަމް އިން ފުރައިގެން ހދ ހަނިމާދޫއަށް ދަތުރު ކުރަނިކޮށް ޑިންގިއެއް ބަންޑުން ޖަހާލައި 5 މީހަކުވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!