ޗެލްސީ ލެޖެންޑް ޑިޑިއާ ޑްރޮގްބާ އިސްލާމް ވެއްޖެ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި އެވެ.

އޭނާ އިސްލާމް ދީން ގަބޫލުކުރިކަމަށް ބުނެ މީސް މީޑީއާގައި އެވާހަކަ ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެގޮތުން މީސް މީޑިއާގައި އެންމެ ގަދަޔަށް އެވާހަކަ ތައް ފަތުރަމުންދަނީ ދުޢާ ކުރުމަށް އަތް ނަގައިގެން އިންނަ ފޮޓޯ ތަކެއް ހިމެނުމަށް ފަހުގަ އެވެ.

Ad
rt

މީގެ ކުޑަ އިރުކޮޅެއް ކުރިން ޑްރޮގްބާގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ، އޭނޭ އިސްލާމް ވިކަމަށް ބުނާ ވާހަކަ ވައިރަލް ވަމުން ދާކަމަށެވެ. ނަމަވެސް ދީން ބަދަލެއް ނުކުރާކަމަށެވެ.

އެފޮޓޯ ތަކަކީ އޭނާ ދިރިއުޅޭ ވިލެޖުގައި މުސްލިމުން އުޅޭ ގެޔަކަށް ޒިޔާރަތް ކުރި އިރު ނަގާފައިވާ ފޮޓޯތަކެއް ކަމަށް ބުނެފައިވެއެވެ. އެފޮޓޯ ތަކުން ފެންނަނީ އެމީހުންނާއި އެކު ވަގުތު ކޮޅެއް ހޭދަކުރާ މަންޒަރުކަމަށް ބުނެފައިވެއެވެ.

މިވާހަކަ ބޭރުގެ ބައެއް ނޫސްތަކުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.

ޑްރޮގްބާ މަތީ ޑިވިޝަނެއްގައި އެންމެ ފުރަތަމަ ކުޅުނީ ފްރާންސްގެ ލެ މަންސް އަށް 1998 ވަނަ އަހަރު އެވެ. ފްރާންސްގެ ގުއިންގޭމްޕް އިން ފުރުސަތު ލިބުނީ އޭނާގެ އުމުރުން 23 އަހަރުގަ އެވެ.

އޭގެ ފަހުން އޮލިމްޕިކް މާސޭ އަށް ކުޅުމަށް ފަހު ޗެލްސީ އަށް ބަދަލުވީ 2004 ގަ އެވެ. ޗެލްސީގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޑްރޮގްބާ ވަނީ އެ ޓީމަށް ޕްރިމިއާ ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްދީފަ އެވެ. ޗެލްސީ ދޫކޮށް 2012 ވަނަ އަހަރު ޗައިނާގެ ޝަންހާއީ ޝެންހުއާ އާއި ތުރުކީގެ ގަލަތަސަރާއީ އަށް ކުޅުމަށް ފަހު އޭނާ ފަހުން ވެސް އެއް ސީޒަން ޗެލްސީ އަށް ކުޅުނެވެ.

ޗެލްސީގައި ހޭދަކުރި އަށް ސީޒަނުގައި ކުޅުނު 381 މެޗުގައި ޑްރޮގްބާ ވަނީ 164 ގޯލު އެޓީމަށް ޖަހައިދީފައެވެ.

އުމުރުން 40 އަހަރުގެ ޑްރޮގްބާ މިހާރު ކުޅެމުން އަންނަނީ އޭނާގެ ހިއްސާ އޮންނަ އެމެރިކާގެ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ފީނިކްސް ރައިސިން އަށެވެ.

ޑްރޮގްބާ މުޅި ދުނިޔެއަށް މަޝްހޫރުވީ މާސޭ އަށް 2003/2004 ގައި ކުޅެ ޖެހި 34 ލަނޑާ އެކު އެވެ.