ހޯރަފުށީ ފާތުމާފުޅާއި ދޮންކޮއްކޮ އަކީ އެކަކު އަނެކަކަށް ވަރަށް އަޅާލި، ވަރަށް އޯގާތެރި ދެމަފިރިންނެވެ.
ފޮޓޯ: މިހާރު
ލިބުނު 12 ދަރިން ވެސް ގޮތް ނޭނގޭ ބަލިތަކެއްގައި ނިޔާވި ހއ. ހޯރަފުށީ ދެމަފިރިންގެ ތެރެއިން ފާތުމާފުޅު އިއްޔެވަނީ ނިޔާވެފަ އެވެ.
Hoarafushi Faathumafulhaai Dhonkokkobe ge hayaathakee ethah ibratheh libey hayaatheh. Libunu 12 dharin ves vakivegen dhiyaee.Miadhu fathumafulhu ves vakivegen e dhiyaee Dhonkokkobey ekani kollumahfahu. Dhuniye akee mifadha vaguthee thaneh. Marhooma ah suvaruge minvaru kurahvaashi pic.twitter.com/qRFXjiLeON
— Ahmed Saleem (@SalleHoarafushi) November 9, 2019
ފާތުމާފުޅު، ނިޔާވި އިރު އުމުރަކީ 79 އަހަރެވެ. ފާތުމާފުޅު މުސްކުޅި ބަލީގައި އުޅޭތާ މަސްތަކެއް ވެއްޖެކަމަށް އެރަށުމީހުންބުނެއެވެ. އޭނާ ނިޔާވިއިރު ފިރިމީހާ ދޮންކޮއްކޮގެ އުމުރަނީ 85 އަހަރެވެ.
ފޮޓޯ: މިހާރު
ދޮންކޮއްކޮ އާއި ފާތުމާފުޅަށް 12 ކުދިން ލިބުނުއިރު އެ ހުރިހާ ކުދިން ވެސް ވަނީ، އޭރު ގޮތް ނޭނގުނު ބައްޔެއް ނުވަތަ ބަލިތަކެއްގައި ނިޔާވެފައެވެ. އެންމެ ހަގު ދަރިފުޅު މީގެ ސާޅީހަކަށް އަހަރު ކުރިން ނިޔާވި ފަހުން މި ދެމަފިރިންނަށް ކުއްޖަކު ލިބިފަައެއް ނުވެ އެވެ.
ދެމަފިރިންނަށް ކުދިން ލިބެމުން އައީ ކިހާ ދުރުމިނެއްގައި ކަމެއް ޔަގީނެއް ނޫނެވެ. އެކަމަކު ދޮންކޮއްކޮ ބުނި ގޮތުން ނަމަ "ކޮންމެ އަހަރަކު ވެސް ކުއްޖަކު ލިބެ" އެވެ. އެގޮތުން ދުނިޔޭގެ އަލިކަން ދުށީ ހަ ފިރިހެން ކުދިންނާއި ހަ އަންހެން ކުދިންނެވެ. އެންމެ ކުއްޖެއް ނޫނީ ދެން ހުރިހާ ކުދިން ވެސް މަރުވީ "ޅަފަތުގައި" ކަމަށް އޭނާ ބުނެ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ގާތުުން ދޭ އުމުރުގައި ކަމެވެ. އޭރުގެ މައުލޫމާތު ކޮންމެވެސް ވަރަކަށް ހުރި ހޯރަފުށީ ބައެއް މީހުން ބުނާ ގޮތުގައި، ދޮންކޮއްކޮގެ ގިނަ ކުދިން މަރުވި ކަމަށް ލަފާކުރެވެނީ އަހަރެއް ނުވަތަ ދެ އަހަރުގަ އެވެ.
ފޮޓޯ: މިހާރު
"ވަރަށް ހިތާމަކުރި. [އަންހެނުން] ވަރަށް ރޯން ވެސް ރުއި އަޅުގަނޑު ކައިރީގައި. އަޅުގަނޑު ބުނަނީ ﷲއޭ ދެއްވީ، ﷲއޭ ގެންދެވީ. ކެތްތެރިވާށޭ، ﷲ ނޫން އެހެން ފަރާތެއް ނެތޭ،" ހުރިހާ ކުދިން މަރުވަމުން ދިޔަ އިރު އަންހެނުންގެ ހާލަތު ހުރީ ކިހިނެއްހޭ ސުވާލުކުރުމުން ދޮންކޮއްކޮ ބުންޏެވެ.
މީގެ ދެ އަހަރުކުރިން އެ ދެމަފިރިން "މިހާރު" އަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

މީގެ ދެ އަހަރުކުރިން އެ ދެމަފިރިން "މިހާރު" އަށް ދިން އިންޓަވިއުގައި ބުނެފައިވަނީ އެންމެ އުއްމީދުކުރަނީ ހައްޖުގެ މަތިވެރި އަޅުކަން ކުރެވޭނެ ދުވަހަކަށް ކަމަށެވެ. ފާތުމާފުޅު ނިޔާވިއިރު ދޮންކޮށްކޮ އާއި ދެމީހުން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފަ އެވެ.

ފޮޓޯ: މިހާރު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!