މިއީ ދިވެހި ތާރީޚުގައި، ޚާއްސަކޮށް އުތުރުގެ ރަށްރަށަށް ކުރިމަތިވި އެންމެ ބޮޑު އެއް ގުދުރަތީ ހާދިސާ އެވެ. މީގެ 206 އަހަރު ކުރިން، ޑިސެމްބަރު 30، 1819 ގައި ކުރި މި ވިއްސާރައިގެ އަސަރު ހދ. ގެ އިތުރުން ށ. އަތޮޅުގެ ގިނަ ރަށްރަށަށް ވެސް ކުރި އެވެ.
ބައެއް ލިޔުންތަކުގައިވާ ގޮތުގައި މިއީ ކޭލަކުނު ކައިރިއަށް އެރި ބޮޑު ނަގޫރޯޅިއެކެވެ. އެކަމަކު ގިނަ ލިޔުންތަކުގައި ވަނީ މިއީ "މާ ވިއްސާރަގަނޑެއް" ކަމަށެވެ. ވިއްސާރައިގައި ގެއްލުން ލިބުނު ހދ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ގޮސް އާބާދުވީ އެވެ.
ލުތުފީގެ ފޮތުގައި ލިޔުއްވާފައިވާ ގޮތުގައި މި ވިއްސާރައިގައި ށ. އަތޮޅުގެ 17 ރަށެއް ފަޅުވި އެވެ. އޭގެ ތެރޭން އަށް ރަށެއް ފަހުން އާބާދުވީ ކަމަށް އެ ފޮތުގައި ވެ އެވެ.
ކުރިން ގިނަ ބަޔަކު ދިރިއުޅުނު ކޭލަކުނު މި ވިއްސާރައިގައި އެއްކޮށް "ފުނޑުފުނޑު"ވި އިރު މިހާރު ހދ އަތޮޅުގައި ވެރިކަން ކުރާ ހދ. ކުޅުފުއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއްވިއެވެ.
ވިއްސާރައިގެ ޚަބަރު މާލެއަށް ލިބުމުން ބަނޑޭރިބޭކަލުން އެ ރަށަށް ވަޑައިގެން ރަށުގައި ތިބި މަދު މީސްކޮޅު ރަށުން ބޭލުމަށް ގަސްދުކުރެއްވި އެވެ. އެކަމަކު އޭރު ރަށުގެ އިސް މީހަކަށް ހުރި ކާސިންކަލޭގެ ކުރި އާދޭހަށް އެކަން ހުއްޓަވާލެއްވީ ކަމަށް ވެ އެވެ.
ކޭލަކުނު ތަޅާލި ވިއްސާރައިގައި ފަޅުވި ރަށްތަކުގެ ތެރޭގައި ވައިކަރަމުރާދު އާއި ކުޑަމުރައިދޫ އަދި ވައިކަރަދޫ ހިމެނެ އެވެ. ރާއްޖޭގެ އުތުރުން ގިނަ ރަށްތަކެއް ފަޅުވި ގޮތާ މި ހާދިސާއާ ގުޅުން ހުރި ކަމަށް ތާރީޚު ހެކި ދެ އެވެ.
ރާއްޖެއަށް ކުރި، އެންމެބޮޑު ވިއްސާރަ، އުތުރުގެ ބޮޑުވިއްސާރަ (ކޭލަކުނުތަޅާލި ވިއްސާރަ)އަށް، ހިޖުރީގޮތުން މިއަދު 206 އަހަރު!
މި ވިއްސާރަ ޖެހުނީ 12 ރަބީޢުލްއައްވަލު 1235ގެ އަސުރުވަގުތުގައެވެ. 13ވަނަ ދުވަހުގެ އަސުރުވަގުތު ވަންދެން މި ވިއްސާރަ ދެމިއޮތް ކަމަށް ބުނެވެއެވެ. pic.twitter.com/0KbJL4zW8o— Shather Kalaminja (@shathirhiri) November 9, 2019
ކުޅުދުއްފުށި އަލުން އާބާދުވުމާ ގުޅޭ ގޮތުން ފަތްތޫރައިގެ 122 ވަނަ އަދަދުގައި ލުތުފީ ލިޔުއްވާފައިވާ ގޮތުގައި އެ ރަށުގައި އަލުން މީހުން ދިރިއުޅެން ފެށީ ގަދަ ވިއްސާރައިގެ ހާދިސާއަށް އަހަރެއް ފަހުން 1820 ގަ އެވެ. ލުތުފީ ވިދާޅުވީ އެ ވިއްސާރައިގައި ކުޅުދުއްފުށިން ބަޔަކު މަރުވި އިރު ގިނަ ބަޔަކު ރަށުން ފައިބައިގެން ދިޔައީ އެވެ. ގަދަ ވައިގެ ސަބަބުން ގެތައް ބުރައިގެން ދިޔައިރު ރުއްގަސް ވެއްޓުމުގެ ސަބަބުން ގިނަ ގެތަކެއް ހަލާކުވެ، ގޭގެޔާއި ރުއްގަހު ދަށުވެ ވެސް ބަޔަކު މަރުވި އެވެ.
"ކޭލަކުނު ތަޅާލި ވިއްސާރަ" އިގެ އަސަރު ކުޅުދުއްފުށްޓަށް ވަރަށްބޮޑަށް ފޯރީ އެވެ. ރަށު މީހުން މަރުވެ އަނެއްބަޔަކު ރަށުން ފައިބައިގެން ދިޔައެވެ. ނަމަވެސް މުޅިން ރަށްފަޅުވިކަމަކަށްނުވެއެވެ. ރަށުގެ ގެތައް ވަޔާބުރައިގެންދިޔައެވެ. ރުއްގަސް ވެއްޓުމުގެސަބަބުން ގިނަގެތައް ހަލާކުވެ، ގޭގެއާއި ރުއްގަހުގެ ދަށުވެ ގިނަބަޔަކު މަރުވި ކަމަށްވެސް ވެއެވެ. ވިއްސާރައިގެ އަސަރު މައިތިރިވިއިރު ރަށުގައިތިބީ 6 ކާވަނީގެ މީހުންނެވެ. މިމީހުންގެ އަދަދެއް ކަނޑައަޅައި އެނގޭކަމަކަށް ނުވެއެވެ. ވިއްސާރަ ޖެހުނުއިރު ރަށުގެ ޚަތީބަކަށް ހުރި މުއައްލިމް އިސްމާޢީލުގެ އަބޫބަކުރެވެ. ވިއްސާރައިގައި މިއަބޫބަކުރަށް ވީނުވީ ގޮތެއް ނޭނގެއެވެ. އަބޫބަކުރުގެ ކާސިން ކަލޭގެގެ 8 ދަރީންނާއި އޭނާގެ އަންހެނުން ތިބިގެ އެމީހުންގެ މައްޗަށްވެއްޓި އެއެންމެން މަރުވީކަމުގައިވެސް ބުނެވެއެވެ. ވިއްސާރައަށް ފަހު ރަށުގެ އިސްމީހަކަށް އުޅުނުކަމަށްވަނީ އަބޫބަކުރުކަލޭގެ ދަރި ކާސިމެވެ. ކާސިންކަލޭގެ އެވަރުގަދަވިއްސާރައިގެޚަބަރުމާލެއަށް ލިބުމުން، ބަނޑޭރީބޯކަލުން އެރަށަށްދުރުވެ ރަށުގައިތިބި މަދުމީހުންކޮޅު ރަށުންބޭލުމަށް ގަސްދުކުރެއްވިއެވެ. ނަމަވެސް ކާސިންކަލޭގެ ކުރި އާދޭހުގެ މައްޗަށް އެބޭކަލުން އެކަން ހުއްޓާލެއްވިކަމަށާއި ރަށުގެ ރައްޔިތުންގެ ރުހުމާއެކު ރަށުގެވެރިކަން ޙަވާލުކުރެއްވި ކާސިންކަލޭގެއާ ކަމުގައިވެސް ބުނެވެއެވެ.
ކުޅުދުއްފުށި އަލުން އާބާދުވުމާ ގުޅޭ ގޮތުން ފަތްތޫރައިގެ 122 ވަނަ އަދަދުގައި ލުތުފީ ލިޔުއްވާފައިވެއެވެ.
ކޭލަކުނުތަޅާލި ވިއްސާރަޖެހުނީ 1235 ހ. ވަނައަހަރު (1820 މ.) ރަބީޢުލް އައްވަލުމަހު 12 ވަނަދުވަހު އަޞުރު ވަގުތުގައެވެ. ވިއްސާރަ ދެމި އޮތީ 13 ވަނަދުވަހުގެ އަސުރުވަގުތާ ހަމައަށް ކަމުގައި ބުނެވެއެވެ. އެޗް.ސީ.ޕީ.ބެލް ބަޔާންކުރައްވާ ގޮތުގައި މިވިއްސާރަ ޖެހުނީ އައްސުލްތާން މުޙަންމަދު މުއީނުއްދީނުގެ ރަސްކަމުގައި (1214 - 1250ހ) 1235 ހ.ވަނައަހަރު، ރަބީޢުލްއައްވަލުމަހު ގައެވެ. (ބެލްގެމޮނޮގްރާފްޞީ.43)
ފަތްތޫރައިގެ 122 ވަނަ އަދަދުގައި ލުތުފީ ލިޔުއްވާފައިވާ ނޯޓެއްގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!