ނ. މަގޫދޫ އާއި ލ. ކަލައިދޫގެ ބައި-އިލެކްޝަން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބުކޮށްފި އެވެ.
މިއަދު ބޭއްވި ބައި-އިލެކްޝަން ގައި އެ ދެރަށުގެ ތެރެއިން ނ. މަގޫދޫ ކައުންސިލުގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި- އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކުރީ 9 ވޯޓުގެ ތަފާތަކުން ނެވެ.
އެގޮތުން ޕީޕީއެމް އިން ވާދަކުރެއްވި އާމިނަތު ޔުމްނާ އަބްދުލްޣަނީ އަށް 124 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީ އިން ވާދަކުރެއްވި ފަރީދާ އަދްނާނަށް ލިބިވަޑައިގެންނެވީ 115 ވޯޓެވެ.
މީގެ އިތުރުން ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކުރީ 4 ވޯޓުގެ ތަފާތަކުން ނެވެ. ޕީޕީއެމްގެ ކެނޑިޑޭޓް އައިޝަތު ޝާފިޔާ އަށް 197 ވޯޓު ލިބިވަޑައިގެންވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް، ހުވައިލަތު ރަހީމާ އަށް ލިބިވަޑައިގެންނެވީ 192 ވޯޓެވެ.
މިއަދު ބޭއްވި މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިޔަށްދިޔައީ ހެނދުނު 8:00 ން ހަވީރު 4:00 އަށް މަގޫދޫ ސުކޫލާއި ކަލައިދޫ ސުކޫލުގަ އެވެ. އަދި މާލޭގައި ދިރިއުޅޭ އެ ދެ ދާއިރާގެ ރައްޔިތުން، ވޯޓުލުން ކުރިޔަށް ގެންދިޔައީ އިމާދުއްދީނު ސުކޫލުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!