ށ. އަތޮޅު ފުނަދޫ ބަނދަރު ތެރޭގައި އޮތް މަސް ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ރޯޒީ ނަމަކަށް ކިޔާ ފައިބަރު ދޯންޏެއްގަ އެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު 11 ޖަހައިކަށް ހާއިރު އެވެ.

Ad
rt

އެ ދޯނީގައި އަލިފާން ރޯވުމާއިއެކު ފަޅުތެރޭގައި އޮތް އެހެން ކަންނެލި ދޯނިތަކުގެ ފަޅުވެރިންނާއި، އެ ރަށު ރައްޔިތުންނާއި، އެ ރަށު އެއާޕޯޓްގެ ފަޔަރ ޓީމާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު ނިއްވާލާފަ އެވެ.

ފޮޓޯ: އަލީ އަޙްމަދު

މި ހާދިސާގައި އެ ދޯނީގެ ގެގަނޑާއި އަދި ދޯނީގެ މަތީބައިން ބޮޑުބައެއް ވަނީ އަނދާފަ އެވެ.

Posted by Ibraahym Naazim on Thursday, November 3, 2022

މި ހާދިސާ ހިނގި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެއީ ބެޓެރިއެއް ސޯޓު ވެގެން ހިނގި ހާދިސާއެއް ކަމަށް ބެލެވޭކަމަށެވެ.

މި ހާދިސާގައި މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށް މަޢުލޫމާތު ލިބެ އެވެ.