ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމުގެ މަަސައްކަތް ފަށައިފި

3FC42B00-8BA5-4CF6-AD16-DAC4BE60F110

ކުޅުދުއްފުށީ އެއާޕޯޓުގައި ރެސްޓޯރެންޓެއް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

150 ދުވަސް ތެރޭގައި ނިންމުމަށް ތާވަލުކޮށްފައިވާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ކުޅުދުއްފުށީ ކަލެކްޓިންގ ކޮމްޕެނީ އަށެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 1،927،910،90 ރުފިޔާއަށެވެ.

މި ރެސްޓޯރަންޓް ނިމޭއިރު އެއާޕޯޓްގެ ބޭނުމަށް އަންނަ ފަރާތްތައް މަޑުކޮށްލެވޭނެ އޭރިޔާއަކާއި ޕަބުލިކް ފާޚާނާގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކުރެވިފައިވާ ފާހާނައަކާއި ކުޑަކުދިންނާއެކު މައިންނަށް ހާއްސަކުރެވިފައިވާ ބައެއް ހެދިގެންދާނެކަމަށް ރީޖަނަލް އެއާޕޯޓްސް އިން މަޢުލޫމާތު ދެއްވައެވެ.

އެއާޕޯޓް ރެސްޓޯރެންޓް ހެދުމަށް އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހު ފަހުކޮޅު އެވެ. ރެސްޓޯރެންޓު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހު 22 ވަނަ ދުވަހު އެވެ.

ކުޅުދުއްފުށި އެއާޕޯޓަކީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ އެއާޕޯޓެކެވެ. ކުޅުދުއްފުށީ އެއާޕޯޓަށް މިހާރުވަނީ ކޮންމެ ދުވަހަކު ފުލައިޓް ޖައްސަންފަށާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި