•  
  •  
  •  
  •  
  •  
  •  
  •  

ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދިރާގުން ހޯދައިފިއެވެ.

ދިރާގު ކުޅުދުއްފުށީ ބްރާންޗު އަދި ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑް (ކޭޕީއެލް) ބައްދުލުކުރި ފައިނަލް މެޗު ދިރާގުން ކާމިޔާބުކުރީ 3-6 އިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ދިރާގުން ނެވެ. އޭގެ އިރުކޮޅެއްފަހުން ދިރާގުންވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެހެންނަމެވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ދިރާގުން ވަނީ ގޯލެއް ޖަހައި 1-2 އަށް ފަރަގު ކުޑަކޮށްފައެވެ. ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ނަތީޖާ އެއްވަރު ކުރަން ރަނގަޅު ފުރުޞަތެއް ކޭޕީއެލް އަށް ލިބުނު ނަމަވެސް އެޓީމުގެ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާއެވެ.

ދެވަނަ ހާފު ފެށީ ދިރާގުން ނެވެ. ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ދިރާގުން ވަނީ އަނެއްކާވެސް ގޯލެއް ޖަހައި ނަތީޖާ 1-3 އަށް ބަދަލުކޮށްފައެވެ. އަނެއްކާވެސް އޭގެ ތިން މިނެޓު ފަހުން ދިރާގުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ދިރާގުން ވަނީ އަނެއްކާވެސް ގޯލެއް ޖަހައި 1-5 އަށް ލީޑު ފުޅާކޮށްފައެވެ. އޭގެ ފަހުން ކޭޕީއެލް އިން ވަނީ އެމީހުންގެ ދެވަނަ ގޯލު ޖަހައި ނަތީޖާ 2-5 އަށް ބަދަލުކޮށްފައެވެ. އޭގެ މިނެޓެއް ފަހުން ދިރާގުން ވަނީ ގޯލެއް ޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ވަނިކޮށް ކޭޕީއެލްއިން ވަނީ މެޗުގެ ފަހު ގޯލު ޖަހައި ނަތީޖާ 3-6 އަށް ބަދަލުކޮށްފައެވެ.

ަފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިރާގު ޓީމަށް 2 ގޯލު ކާމިޔަބުކޮށްދިން އިބްރާހިމް އަތީގް އެވެ. މި މެޗު ޝަރަފުވެރި ކޮށްދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އެވެ.

ޚިޔާލު

Your email address will not be published.