ހިލޭ ޑިގްރީއާ ސްކޮލާޝިޕް ފުރުޞަތުތަކާއި، އެސްްއެމްްއި ލޯނުތައް ފަދަކަންކަން ތަޢާރަފްކުރެވިފައި ވަނީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ސްކޮލަރޝިޕް ފުރުޞަތުތަކާ، މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތަކާ، ކުޅިވަރު ދަނޑުތައް އަދި އެސްްއެމްްއި ލޯނުތައް ތަޢާރަފްކުރެވިފައި ވަނީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށް ކަމަށެވެ.

Ad
rt

މީގެ އިތުރުން ޒުވާނުންގެ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ ވެސް ވަނީ އަރިސްކުރައްވާފަ އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޒުވާނުންގެ ދުވަސް ފާހަގަކުރާއިރު، މި ސަރުކާރުން ޒުވާނުން ބިނާކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

މި ވެރިކަމުގައި ޒުވާނުން ބިނާކުރުމާއި ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރި ބައެއް ކަންކަން، މަހްލޫފް ފާހަގަކުރައްވައިފައިވާއިރު، އޭގެތެރޭގައި 15،000 ވުރެ ގިނަ ދަރިވަރުންނަށް ހިލޭ ޑިގްރީ ހެދުމުގެ ފުރުސަތު ދިނުމާއި ކުދި ފަންތި އާއި މެދު ފަންތީގެ ވިޔަފާރިތަކަށް 474 މިލިއަން ރުފިޔާގެ ލޯނު ދޫކުރުން ހިމެނެ އެވެ. އަދި ކުޅިވަރުން މެޑަލްތައް ހޯދައިދިނުމާއި 20،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ.