ފެނަކައިން އުލިގަމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
ހއ އުލިގަމް ގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭ މަސައްކަތް ހަވާލުކޮށްފައިވަނީ 2 އެލް ކޮންސްޓްރަކްޝަން ޕވޓ ލޓޑ އާއެވެ. ފެނަކަ އާ މިކުންފުންޔާއި ދެމެދު މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ.
Ad
2 އެލް ކޮންސްޓްރަކްޝަން އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 5،599،454.10 ރުފިޔާއަށް 170 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެގޮތުން މިމަސައްކަތް ނިންމުމަށް އެެއްބަސްވުމުގައިވަނީ 1 މެއި 2020 ވަނަ ދުވަހުގެ ނުޔަލަށެވެ.
މިއެއްބަސް ވުމުގައި 2 އެލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އެމްޑީ އަލީ އިބްރާހިމް ރަޝީދު އެވެ. ފެނަކަ އިން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުއެވެ.
https://twitter.com/teamfenaka/status/1192063165959266305?s=21
ފެނަކަ ކޯޕަރޭޝަންގައި މިއަދު އޮތް މިރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްވެސް ވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތުގެ ފޮޓޯއެއް ޓުވީޓު ކުރައްވާ ސަލީމް ވިދާޅުވެފައިވަނީ އުލިގަމުގެ ޕަވަރ ހައުސް މަޝްރޫއު ބައްޓަން ވެގެންދާނީ އެރަށުގައު ރިނިއުބަލް އެނާޖީ ކުރިއެރުވޭ ގޮތަށްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!