ހއ. ކެލާ ފުޓްސެލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ އިން ކުރައްވާފައިވާ އިއުލާނު ގައި ވިދާޅުވެފައިވަނީ އެރަށު ފުޓްސެލް ދަނޑުގައި ޓާފް އަޅައިދިނުމުގެ މަސައްކަތް ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް މިހާރުވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އެ ކައުންސިލުން ވިދާޅުވީ 19 އޮކްޓޯބަރ އިން 24 އޮކްޓޯބަރ އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:000 އިން މެންދުރު ފަހު 13:00 އަށް ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހެޅޭނެ ކަމަށެވެ. އަދި ms@kelaa.gov.mv އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކުރެވޭނެ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެފައި ވެއެވެ.
މި މަސައްކަތުގެ މައުލޫމާތު ސާފުކުރުން އޮންނާނީ 26 އޮކްޓޯބަރ ވާ ބުދަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވި އެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 26 އޮކްޓޯބަރ ވާ ބުދަ ދުވަހުގެ 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ކަމަށް ވެސް ވިދާޅުވި އެވެ.
ކެލާ ކައުންސިލުން ވިދާޅުވީ މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަނި ކަމަށާއި އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވި އެވެ. އަދި ސިޓީއުރަ ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާ ނަން، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!