ހއ ދިއްދޫ ކައުންސަލަށްވެސް 2020 ވަނަ އަހަރަށް މިއަހަރަށްވުރެ ދެގުނަ ބޮޑު ބަޖެޓެއް ވަނީ ހުށައަޅާފައެވެ.

ދިއްދޫ ކައުންސިލަށް މިއަންނަ އަހަރަށް ހުށައަޅާފައިވާ ބަޖެޓަކީ 12302462 ރުފިޔާ (ބާރަ މިލިއަން ތިން ލައްކަ ދެހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ދެރުފިޔާ) އެވެ. މިއީ މިއަހަރު އެކައުންސިލަށް ލިބިފައިވާ ބަޖެޓަށްވުރެ ދެގުނަ ބޮޑު ބަޖެޓެކެވެ.

Ad
rt

މިއަހަރު ދިއްދޫ ކައުންސިލަށް ލިބިފައިވަނީ 5705392 ރުފިޔާ (ފަސް މިލިއަން ހަތް ލައްކަ ފަސްހާސް ތިންސަތޭކަ ނުވަދިހަ ދެރުފިޔާ) ގެ ބަޖެޓެކެވެ. މިއަންނަ އަހަރަށް ހުށައަޅާ ބަޖެޓުގައި މިއަހަރަށް ވުރެ އިތުރަށް ‭6597070‬ ރުފިޔާ (ހަ މިލިއަން ފަސް ލައްކަ ނުވަދިހަ ހަތްހާސް ހަތްދިހަ ރުފިޔާ) ގެ އިތުރެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކައުންސިލްތަކުގެ ބަޖެޓުވަނީ ވަރަށް ބޮޑަށް ކުޑަކޮށްލާފައި ވާއިރު އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިންގައި އަދި ރައީސް ޞޯލިހުގެ ޖަޒީރާ ރާއްޖެ ކެމްޕެއިންގައި ވަރަށް ބޮޑަށް ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވާނެ ވާހަކަފުޅު ވަނީ ދައްކަވާފައެވެ.

ރައީސް ޔާމީންގެ 5 އަހަރުގެ ދައުރުގައި ގިނަ ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކުރެވޭ ވަރަށް ކައުންސިލްތަކުގެ ބަޖެޓު ކުޑަކޮށްލާފައި ވެއެވެ. އެހެންނަމަވެސް މިއަންނަ އަހަރަށް މިސަރުކާރުން ހުށައަޅާފައިވާ ބަޖެޓު ގައި ހުރިހާ ކައުންސިލް ތަކުގެ ބަޖެޓުވެސް ވަނީ ބޮޑުކޮށްފައެވެ.