ސަރުކާރުން ކުރިއަށްގެންދާ ގޮދޮރުވެރިން ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗާއި ފުލެޓަށް އެދި 35،000 އަށްވުރެ ގިނަ ފޯމް ހުށަހަޅައިފި އެވެ.

މިއީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގޮދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމަށް އެދި ފޯމް ހުށަހެޅުމަށް މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުވާލި މުއްދަތު އިއްޔެ ހަމަވެފައިވާއިރު، 35861 ފޯމް ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.

އެ މިނިސްޓްރީން ވިދާޅުވީ މީގެ ތެރޭގައި ބިންވެރިޔާ ސްކީމްއަށް 15،164 ފޯމާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 ފޯމް އަދި 2 ކޮޓަރީގެ އެޕާޓްމަންޓަށް އެދި 6208 ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރަން ހަމަޖެހިފައިވަނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުން ނެވެ.

ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ވިދާޅުވީ ޕޯޓަލަށް ފޯމު ހުށަހަޅާ ވަގުތުން ފެށިގެން އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ދެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްއޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށްގެންދާނީ ރައްޔިތުންގެ އިތުބާރު ލިބޭނެ ފަދަ ގޮތަކަށް ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މި ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4،000 ފްލެޓާއި، 3،000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1،000 ގޯއްޗާއި، 4،000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިން ނެވެ. އަދި ބާކީ 2،000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުން ނެވެ.