ސީޒަންގެ ފުރަތަމަ އެލްކުލެސިކޯ މެޗު ރެއާލް މެޑްރިޑް ކާމިޔާބު ކޮށްފިއެވެ. ރެއާލް ދަނޑުގައި ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއިންނެވެ.
މެޗު ގެ ފުރަތަމަ ގޯލު ޖެހީ ރެއާލް މެޑްރިޑް އިންނެވެ. ވިނިސިއެސް ޖޫނިއާ އަރިމަތިން ބޯޅަ ހިފައިގެންވަދެ ފޮނުވާލި ބޯޅަ ބާސާގެ ކީޕަރުގައިގަ ޖެހިފަ ރީބައުސްވެގެން ނިކުތުމުން ކަރިމް ބެންޒެމާވަނީ މެޗުގެ 12 ވަނަ މިނެޓުގައި އެބޯޅަ ގޯލު ތެރެއަށް ފޮނުވައިލާފައެވެ.
މެޗުގެ ދެވަނަ ގޯލުވެސް ޖެހީ ރެއާލް މެޑްރިޑް އިންނެވެ. މެންޑީ ކުރިޔަށް އަރާ ދިން ބޯޅައަކުން މި ގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 35 ވަނަ މިނެޓުގައި ވަލްވަޑޭ އެވެ.
ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއިން ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅުނު ބާސާގެ ހަމަ އެކަނި ގޯލު ކާމިޔާބު ކޮށްދިނީ މެޗުގެ 83 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެރާން ޓްރޭޒް އެވެ.
ބާސާއިން ގޯލު ޖެހިތާ ނުވަ މިނެޓް ފަހުން މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ރެއާލްވަނީ ތިންވަނަ ގޯލެއް ކާމިޔާބު ކޮށްފައެވެ. މިގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯ އެވެ.
މެޗުގައި ބާސާއިން ވަނީ ރެއާލްގެ ގޯލާއި އަމާޒުކޮށް ފަސް ހަމަލާއެއް ފޮނުވައިލާފައެވެ. ރެއާލްއިންވަނީ ތިން ހަމަލާއެއް ބާސާގެ ގޯލާއި އަމާޒުކޮށް ފޮނުވައިލާފައެވެ.
މިރޭގެ މޮޅާއެކު ރެއާލް އިން މިވަނީ އެންމެފަހުން ކުޅުނު ހަތަރު އެލްކުލެސިކޯ ވެސް ކާމިޔާބު ކޮށްފައެވެ.
މި ނަތީޖާއާއި އެކު ރެއާލް ލީގު ތާވަލްގެ އެއްވަނައަށް އަރާ ބާސާ ވަނީ ދެވަނައަށް ވެއްޓިފައެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!