ނޮޅިވަރަމް ދާއިރާގެ މެމްބަރު މޮސްޓާ ޖުމްހޫރީ ޕާޓީ ޖަލްސާގައި

A1CC7549-0AE6-4193-8822-56BE87D99CDE

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ޖުމްހޫރީ ޕާޓީން މިވަގުތު ބާއްވަމުންދާ ޖަލްސާގައި ބައިވެރިވަމުން އެބަގެންދަވައެވެ.

އަމިއްލަގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ ނަޝީދު ޖޭޕީގެ ޖަލްސާގައި ބައިވެރިވަމުންދާއިރު ނަޝީދު ފާހަގަ ކުރެވެނީ މަޖިލިސް ތެރޭގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދެކޮޅަށް ވަރަށް ބޮޑަށް އަޑު އުފުއްލަވާ ވާހަކަފުޅު ދައްކަވަމުން ގެންދަވާ ބޭފުޅެކެވެ. ހއ، ހދ އަދި ށ އަތޮޅުގެ މަޖިލިސް މެމްބަރުންނަށް ބަލާލާއިރު ނަޝީދު ފިޔަވައި ދެން މުޅިންވެސް ހުންނެވީ އެމްޑީޕީގެ މެމްބަރުންނެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް ވަނީ ނަޝީދު ޖޭޕީގެ ޖަލްސާގައި ބައިވެވެރިވެލައްވާތީ މަރުހަބާ ދަންނަވާފައެވެ. ނަޝީދު ޖޭޕީ އަށް ސޮއި ކުރައްވާނެކަމަށް ބެލެވުނު ކަމުގައި ވިޔަސް މިރޭގެ ޖަލްސާގައި ނަޝީދު ސޮއި ކުރައްވާފައި ނުވެއެވެ.

ޖޭއެސްސީން ކްރިމިނަލް ކޯޓުގެ ގާޒީ ހައިލަމް ސަސްޕެންޑު ކުރުމާއި ގުޅިގެން މަޖިލިސް ތެރޭގައި ނުރުހުން ފާޅުކުރައްވާފައި ވެއެވެ. އަދި އެމްޑީއެން މައްސަލާގައި ނަޝީދު ވަނީ ރައީސް ޞޯލިހަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިމައްސަލާގައި މަޖިލިސް އަށް ކުއްލި މައްސަލަ އެއްވެސް ނަޝީދު ހުށައެޅުއްވިއެވެ.

ނަޝީދަކީ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފައިވާ ބޭފުޅެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. އެއީ މެންބަރެއް، ހިތްވަރުގަދަ ކެރޭ މެންބަރެއް.
    އަހަރެންމީ އެހެން ދާއިރާ އެއްގެ މީހެއް.
    ނަމަވެސް ﷲ ގަންދީ ބުނަން. އެ މެންބަރަށްޓަކާ އަޅުގަނޑު ފަޚުރުވެރިވަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *