ކުރީގެ ރައީސް އަދި އިދިކޮޅު އެންމެބޮޑު ޕާޓީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑު ތިލަދުންމައްޗަށް ކުރައްވަން ނިންމަވާފައިވާ ދަތުރުފުޅު ފަސްކުރައްވައިފި އެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވިފައިވާ ކަމަށެވެ. އަދި މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރައްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑަުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވުނު ވާހަކަ ދަންނަވަން. މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރައްވުމަށްވަނީ ހަމަޖެހިފައި." ޕީޕީއެމް ގެ ޓްވީޓުގައި ވެއެވެ.
މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑަުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވުނު ވާހަކަ ދަންނަވަން. މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރައްވުމަށްވަނީ ހަމަޖެހިފައި
— Progressive Party of Maldives (@ProgressPartyMV) October 12, 2022
ރައީސް ޔާމީން ބޮޑު ތިލަދުން މައްޗަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އެމަނިކުފާނު ވަނީ މިދިޔަ މަހު ފަހު ހަފްތާގައި ދ. އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވާފަ އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ އަތޮޅު ކުޑަހުވަދޫ އަށް ވަޑައިގެންފަ އެވެ.
އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި އެ ޕާޓީން ކަނޑައަޅުއްވާފައިވަނީ ރައީސް ޔާމީނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!