ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކޮށް މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 27 ފަރާތަކަށް ދީފި އެވެ.

މި އެވޯޑުތައް ދީފައިވަނީ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގަ އެވެ.

Ad
rt

އެގޮތުން ބެސްޓް ރިސޯޓު އެވޯޑާއިއެކު ހަ އެވޯޑެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހަވާލުކޮށްދެއްވާފަ އެވެ.

އެ އެވޯޑުތަކަކީ:

  • ބެސްޓް ރިސޯޓް: ވަން އެންޑް އޮންލީ ރީތީރަށް
  • ބެސްޓް ގެސްޓްހައުސް: ސަބާ ސަމާ ސުއިޓް
  • ބެސްޓް ސަފާރީ ވެސަލް: ގުރަހަލި ސަފާރީ ބޯޓް
  • ބެސްޓް ޓްރެވެލް އެޖެންސީ: އިންޓުއާ މޯލްޑިވްސް
  • ބެސްޓް ވޯޓާ ސްޕޯޓް ސެންޓާ: އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑް
  • ބެސްޓް ޑައިވް ސެންޓަރު: ރަސްދޫ ޑައިވާސް ކުރަމަތި

މި ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމު ވެސް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ 21 ފަރާތަކަށް އެވޯޑް ހަވާލުކޮށްދެއްވާފަ އެވެ.

އޭގެތެރޭގައި ހިމެނެނީ:

  • ޕްރޮމޯޓިންގ ލޯކަލް ޑީޖޭ: ކޮންރަޑް މޯލްޑިވްސް
  • ޕްރޮމޯޓިންގ ލޯކަލް މިއުޒީޝަން: ހާރޑްރޮކް ހޮޓެލް
  • ޕްރޮމޯޓިންގ ލޯކަލް ޕާރފޯމާރސް: ގިނަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ
  • ޕްރޮމޯޓިންގ ލޯކަލް ޕާރފޯމާރސް: ރީތިބީޗް ރިސޯޓް
  • ޔޫޓިލައިޒޭޝަން ލޯކަލް ޕްރޮޑަކްޓް: ސްޓޭންޑާރޑް ހުޅަވަޅި މޯލްޑިވްސް
  • ބެސްޓް ސްޓާފް އެކޮމޮޑޭޝަން: ޖޯލި މުރަމެންދޫ
  • ބެސްޓް ސްޓާފް ޑައިނިންގ: ކުރުނބާ މޯލްޑިވްސް
  • އެންޕްލޯއީ ހެލްތް ކެއަރ އަދި އެކްސެލެންސް އިން ސްޓާފް ރިކްރިއޭޝަން – ވަން އެންޑް އޮންލީ ރީތިރަށް
  • ހަޔަސްޓް ނަންބަރ ފީމޭލް އެންޕްލޯއީ – ޖޯލި މޯލްޑިވްސް
  • އެންމެ ގިނަ ދިވެހި މުވައްޒަފުން އުޅޭ ރިސޯޓް – ބަނޑޮސް މޯލްޑިވްސް
  • ސޭފަސްޓް ވޯކްފްލޭސް – ސައިލެގޫން ކްރޮސްރޯޑް
  • ކެރިއަރ ޑިވެލޮޕްމަންޓް – ކޮންސްޓެންޓް ހަލަވެލި
  • ބެސްޓް ސްޓާފް ޑައިނިންގ އެކްސްޕީރިއަންސް، އެންޕްލޯއީ ހެލްތް ކެއަރ އަދި އެކްސެލެންސް ސްޓާފް ރިކްރިއޭޝަން: ސަމަރ ސުއިޓް
  • ހަޔަސްޓް މޯލްޑިވިއަން އެންޕްލޯޔަރސް: އައިލެންޑް ލަގްޒަރީ ފުޅަދޫ
  • ސޭފެންސް ވޯކްޕްލޭސް – އިތާދިގުރަށް
  • ބެސްޓް ޑައިނިންގ - މޯލްޑިވްސް އެކްސްޕްލޯރަރ
  • ސޭފަސްޓް ވޯކްޕްލޭސް – ގުރަހަލި ސަފާރީ ބޯޓް

މި އެވޯޑަކީ މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވާތީ، މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދިން އެވޯޑެކެވެ.