މަސްވެރިކަމަށް ނުކުމެއުޅުނު ކ. ގާފަރު ދޯންޏެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ފަރަށް އަރާފައި ވަނީ މަސްވެރިކަން ކުރަމުންދިޔަ ކ. ގާފަރު، ހުދަންބަރު-12 ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.
މި ދޯނި އަރާފައި ވަނީ ފ. ހިމިތި ކަނޑުގެ ދެކުނުފަރާތު ކަންމަތީ ފަރަކަށް ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސެންޓަރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު އެވެ.
'' ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ތާރޑް ސްކޮޑްރަންގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފަ''
އެމްއެންޑީއެފުން ވިދާޅުއެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި 12 ދިވެހީން ތިއްބެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!