ހދ ހަނިމާދޫ އަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދައި އެއެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފިއެވެ.
ހަނިމާދޫ ޕޮލިސް އާއި ޕޮލިސް އިންޓެލްޖެންސް ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދާފައިވަނީ ހަނިމާދޫ އިންނެވެ. މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
މިތަކެތި އަތުލާގަނެފައިވަނީ އިއްޔެ ހަނިމާދޫއަށް އައި ބޯޓެއްގައި ހުރި ފޮށިގަނޑަކުން ކަމަށް ފުލުހުން ވަނީ ތިލަދުން އަށް މައުލޫމާތު ދެއްވާފައެވެ. އަދި މިމައްސަލަ މިހާރު ހަނިމާދޫ ޕޮލިހުން ގެންދަވަނީ ތަޙްޤީގު ކުރަމުންކަމުގައި ފުލުހުން މައުލޫމާތު ދެއްވިއެވެ.
#HanimaadhooPolice aai #PoliceIntel gulhigen hingi operation ehgai HDh.Hanimaadhoo ah etherekuran ulhunu masthuvaathaketheege 145 rabaru packet hoadhaa fuluhunge belumugedhashah genesfi.
Mi massala aai gulhigen ehvess meehaku hayyarukoffaeh nuvey. pic.twitter.com/cOAH14zL6Y— Maldives Police (@PoliceMv) November 1, 2019
މިފަހަކަށް އައިސް ފުލުހުން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ހިންގާ އޮޕަރޭޝަން ތަކުން މަސްތުވާތަކެއްޗާއި އެތަކެއްޗާއިއެކު މީހުންވެސް ހޯދާ ހައްޔަރު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!