ތިލަދުންމަތީގެ ބައެއް ރަށްތަކާއެކު 14 ރަށެއް ގައި ކުޑަކުދިންގެ ޕާކު ހެދުމަށް ސާމާނު ހަވާލުކޮށްފި

07429D92-4263-4E92-9452-C9B0FE5631DD

ތިލަދުންމަތީގެ ބައެއް ރަށްތަކާއެކު 14 ރަށެއް ގައި ކުޑަކުދިންގެ ޕާކު ހެދުމަށް ސާމާނު ހަވާލުކޮށްފި އެވެ.

މި ސާމާނު ހަދިޔާ ކުރުމަށް ގަލޮޅު ރަސްމީ ދަނޑު ގައި ބޭއްވި ރަސްމިއްޔާތު ގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ރަށު ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޕާކު ސާމާނުތައް ހަވާލުކޮށްފައިވަނީ ހދ. ނޭކުރެންދޫ، ށ. ކަނޑިތީމު، އެ އަތޮޅު މާއުނގޫދޫ އަށެވެ. އަދި ނ. ނަރުދޫ، މަގޫދޫ، ބ. ކަމަދޫ، ދަރަވަންދޫ، އއ. ބޮޑުފޮޅުދޫ، ދ. ރިނބުދޫ، ދ. މީދޫ، ތ. ތިމަރަފުށި، ގާދިއްފުށި، ގުރައިދޫ އަދި ލ. މުންޑު އަށް ވެސް ވަނީ ހަދިޔާކޮށްފަ އެވެ.

67 ރަށެއްގައި ކުޑަކުދިންގެ ޕާކު ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި މަސައްކަތް ހަވާލު ކޮށްފައިވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަޙްމަދު މަޙްލޫފެވެ. ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ޝަފްވާން އަބްދުﷲ އެވެ.

މި މަސައްކަތް ހަވާލު ކޮށްފައި ވަނީ 7،999،682.2 ރުފިޔާއަށެވެ.

މި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި ޕާކުތައް ގާއިމްކުރެވިގެން ދާނީ ޔޫތު މިނިސްޓްރީން ކަނޑައަޅާ ރަށްތަކެއްގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެކުރިން ވެސް ޔޫތު ނިސްޓްރީން ވަނީ 15 ރަށެއްގެ ކުޑަކުދިންގެ ޕާކް ސެޓްތައް ގެނެސް ރަށްރަށާއި ހަވާލުކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *