ށ. ފުނަދޫގައި ގާއިމް ކުރާ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފިއެވެ.

މިއީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާއިމުކުރާ ފެރީ ޓާމިނެލެކެވެ.

Ad
rt

މި ފެރީ ޓާމިނަލްގައި ހިމެނޭ އިތުރު ޙިދުމަތް ތަކުގެ ތެރޭގައި، ޓަކް ފިހާރަ، ކޮމާޝަލް ސަރަޙައްދު، ޕޭރަންޓް ރޫމް، ލަގެޖް ބަހައްޓާ ތަން، ޔުނިވާސަލް ޓޮއިލެޓެއް ހިމެނެއެވެ.

އާރުޓީއެލްގެ ދަށުން ހއ. އަދި ހދ. އަދި ށ. އަތޮޅުގައި މިހާރު ވަނީ ފެރީ ދަތުރުތައް ފަށައިފައެވެ. މިއީ ހައިސްޕީޑް ލޯންޗް ފެރީގެ ހިދުމަތެކެވެ.

އެމްޓީސީސީން ދެމުން އަންނަ މި ހިދުމަތަކީ މުޅި ރާއްްޖެ ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން އިތުރު އަތޮޅުތަކުގައިވެސް ހައިސްޕީޑް ފެރީގެ ހިދުމަތް ފަށާނެއެވެ.