ސިފައިންގެ ތަމްރީނުތަކެއް މާލެ އަތޮޅު ގިރިފުށި ކައިރީ ކުރިއަށް ގެންދަން ނިންމާފައިވާތީ އެކަމަށް ސަމާލުވުމަށް އަންގައިފި އެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީން ބުނީ މި ތަމްރީންތައް ކުރިޔަށް ގެންދަނީ މި ސެޕްޓެމްބަރ މަހުގެ 20 އިން 22 އަށް ކަމަށެވެ. އަދި އެ މުއްދަތުގައި ކޮންމެ ރެއެއްގެ 6:30 ން 10:30 އަށް ތަމްރީނުތައް ކުރިއަށްދާނެ ކަމަށެވެ.

Ad
rt

މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 1300 މީޓަރު ކަމަށާއި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރު ކަމަށެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން ސީ.ލެވެލް ކަމަށާއި ތަމްރީން ކުރިއަށް ގެންދާނީ ގިރިފުށީގެ ރޭންޖުން ހުޅަނގު ދެކުނު ފަރާތުގައި ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެންކަމުން މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އިއުލާނުގައި ވެއެވެ.

މިފަހަކަށް އައިސް ސިފައިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީންތައް އިތުރުކޮށްފައިވާ އިރު، ދާދިފަހުން ލ. އަތޮޅުގައި ވެސް ސިފައިން ވަނީ ބޮޑު އަސްކަރީ ތަމްރީނެއް ކުރިއަށް ގެންގޮސްފައެވެ. އެއީ އިންޑިއާ ސިފައިންނާއި ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީނެކެވެ.