މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގެ މެމްބަރުންތަކެއް އެ ޕާޓީ ދޫކޮށް އެހެން ޕާޓީތަކަށް ދާތީ އެހެން ނުހެދުމަށް އެދިއްޖެ އެވެ.

އެމްއާރްއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެހެން ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ބައިވެރިވުމަށް އެ ޕާޓީގެ ބައެއް މެމްބަރުން ކެނޑުމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އެ ޕާޓީން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.

Ad
rt

އެ ޕާޓީން ބުނީ އިތުރު މެންބަރުން އެ ޕާޓީއަށް ގުޅުމަށް އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އެހެންވެ، އެ ޕާޓީން ވަކި ނުވުމަށް، އެމްއާރްއެމް ގެ މެމްބަރުންގެ ކިބައިން ވަނީ އެދިފައެވެ.

އެމްއާރުއެމްގައި މި ވަގުތު 3،155 މެންބަރުން އެބަތިއްބެވެ.

2008 ވަނަ އަހަރު ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ތައާރަފް ކުރުމާއި ގުޅިގެން ޕާޓީތަކަށް މީހުން ވަންނަމުން އަންނައިރު، ޕާޓީތަކުގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް އަދި ރިޔާސީ އިންތިޚާބާ ދިމާކޮށް ވެސް ޕާޓީ ބަދަލުކުރަމުން ދާ ކަމުގެ ޝަކުވާއަކީ އަބަދު ވެސް ކުރަމުން އަންނަ ޝަކުވާ އެކެވެ.