އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތައް އުނގަންނަވައި ދެއްވުމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނަސީމް (ބީއޭ ނަސީމް) އަވަހާރަ ވެއްޖެ އެވެ.

އެންމެ ފުރަތަމަ އިނގިރޭސި ބަހުން ބީއޭ ފާސް ހޯއްދެއްވި ދިވެހިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާދަމް ނަސީމް އަވަހާރަވީ މިއަދު ހެނދުނު އެވެ.

Ad
rt

މަދީނާ ޔުނިވާސިޓީ ތައުލީމު ހާސިލުކުރެއްވި ނަސީމް އަވަހާރަވީ އައިޖީއެމްއެޗުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.

ސައިޚްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

އާދަމް ނަސީމް ވަނީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަން ވެސް މީގެ ކުރިން ކުރައްވާފަ އެވެ. ސެއިޚް އެމްޑީޕީ ދޫކޮށްލެއްވީ 2011 ވަނަ އަހަރުއެވެ.

ޝައިހް އާދަމް ނަސީމް އަވަހާރަވުމުން ދީނީ ޢިލްމްވެރިން ހިމެނޭހެން ގިނަ ބަޔަކު އަންނަނީ ޢާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.