ށ. ގޮއިދޫ ފެރީ ސްޓޮޕްގައި ގާއިމުކުރެވޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފި އެވެ.
މިއީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާއިމުކުރާ ފެރީ ސްޓޮޕެކެވެ.
މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓް ގާއިމުކުރާނެއެވެ.
އާރުޓީއެލްގެ ދަށުން ހއ. އަދި ހދ. އަދި ށ. އަތޮޅުގައި މިހާރު ވަނީ ފެރީ ދަތުރުތައް ފަށައިފައެވެ. މިއީ ހައިސްޕީޑް ލޯންޗް ފެރީގެ ހިދުމަތެކެވެ.
އެމްޓީސީސީން ދެމުން އަންނަ މި ހިދުމަތަކީ މުޅި ރާއްްޖެ ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިތުރު އަތޮޅުތަކުގައިވެސް ހައިސްޕީޑް ފެރީގެ ހިދުމަތް ފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!