ފެނަކައިގެ ހުރިހާ ބްރާންޗެއް ހިމެނޭހެން ކްލީނިން ޑޭ އިވެންޓެއް ބާއްވައިފިއެވެ.

މިއީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދެވޭ ޙަރަކާތެކެވެ. އެގޮތުން އަތޮޅުތެރޭގައި ހުރި ޖުމްލަ 156 ފެނަކަ ބްރާންޗްގެ މުވައްޒަފުން މިޙަރަކާތުގައި ބައިވެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މިޙަރަކާތް ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 07:00 ން މެންދުރުފަހު 16:00 އަށެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކުންފުނިން ޚިދުމަތްދޭ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތްކުރަމުންދާ މާޙައުލަކީ ސާފުތާހިރު، އަދި އެތަންތަނުގައި ކޮންމެހެން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިފައިވާ ތަންތަނުގެ ގޮތުގައި ކަށަވަރުކުރުން ކަމުގައި ފެނަކައިން ބުންޏެވެ.

ފެނަކައަކީ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެމުންއަންނަ ކުންފުންޏެއްކަމުގައިވާތީ، އެ ކުންފުނީގެ ޚިދުމަތްދޭ ބްރާންޗްތަކަކީ އެރަށެއްގައި ދިރިއުޅެމުންދާ އާއްމު ރައްޔިތުންނާއި އަދި ހަމައެފަދައިން އެޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާ މުވައްޒަފުންނަށް ރައްކާތެރި އަދި މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ފެންވަރުގެ ތަންތަންކަމުގައި ދެމެހެއްޓުމަކީ އަމާޒެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މިޙަރަކާތުގެ ތެރެއިން ކުރުމަށް ރޭވިފައިހުރި ކަންކަން:
1. އިލެކްޓްރިކަލް ސޭފްޓީ
2. ގުދަންކުރުން
3. ކެމިކަލް ސްޓޯރޭޖް އަދި ސޭފްޓީ
4. ކޮމްޕްރެސްޑް އެއަރ އަދި ކޮމްޕްރެސްޑް ގޭސަސް
5. ފަޔަ ޕްރިވެންޝަން
6. ހަޒާޑަސް ވޭސްޓް އާއި މެޓީރިއަލް ޑިސްޕޯސަލް އަދި ރިސައިކްލިން
7. މެނުއަލްސް، ޓްރެއިނިންގްސް، އެސްއޯޕީސް،ސޭފްޓީ ޑާޓާ ޝީޓްސް
8. ޖެނެރަލް ވޯރކް އެންވަޔަރަމެނެޓް އަދި އިންޑޯ އެއާ ކޮލިޓީ

- އިންޖީނުގޭގައި ކޭބަލްތައް ގެންގޮސްފައިވަނީ ރަނގަޅަށްތޯ ބަލައި، ކޭބަލްތަކުގެ އިންސިއުލޭޝަން ހަލާކުވެފައިނެތްކަން ޔަޤީންކުރުން
- ތެޔޮ ރައްކާކޮށް ބެހެއްޓިފައިވަނީ އީ.ޕީ.އޭ ގެ ގަވާއިދާއި އުސޫލުގެ ތެރެއިންތޯ ބެލުން
- ކެމިކަލްތައް ރައްކާކުރެވިފައިހުރީ ރަނގަޅަށް ލޭބަލްކުރެވިފައިތޯ، އަދި މުއްދަތު ހަމަވެފައިހުރި ތަކެތި އުކާލެވިފައިވެތޯ ބެލުން
- ވިހަ އާއި ހުޅުހިފާ ޒާތުގެ އެއްޗެހި އަޅާ ކުނިވަށި ހުރީ ވަކިން ފާހަގަ ކުރެވި ހުއްދަދެވިފައިތޯ ބެލުން
- ވިހަ އަދި ހުޅުހިފާ ޒާތުގެ ނައްތާލަންޖެހޭ ކެމިކަލްސް ހިފާގެންގުޅެނީ ރަނގަޅަށްތޯ ބެލުން އަދި ގޭސް ސިލިންޑަރުތައް ރައްކާކުރެވިފައިހުރީ ގަދަ ހޫނާއި، އަލިފާނާއި ދުރުގައިތޯ ބެލުން
- ގުދަންކުރެވިފައިވާ ތަކެތި ހުރީ މަސައްކަތްކުރާ މީހުންނާއި އެއްޗެހި ދައުރުކުރުމަށް ހުރަސް ނޭޅޭގޮތަށް އަދި ވަކިވަކިން ރައްކާކުރެވިފައިތޯ ބެލުން
- ހުޅުރޯވާ އަދި ގޮވާތަކެތި ހުރީ "ހުޅުރޯވާ" ނިޝާން ޖަހާފައިތޯ އަދި އެތަކެތި ރައްކާކުރެވިފައިހުރީ ސޭފްޓީ ކޭންސް ގައިތޯ އާއި، ބެހެއްޓިފައިހުރީ ހަމައެކަނި އެވަގުތު މަސައްކަތްކުރަން ބޭނުންވާ މިންވަރަށްތޯ ބެލުން.
- އެޗް.އައި.ޑީ އަދި މާރކިއުރީ ވޭޕާރ ލޭމްޕްސް ފަދަ ހަޒާރޑަސް ވޭސްޓް ރަނގަޅަށް ރީސައިކަލް ކުރެވިފައިވޭތޯ ބެލުން
- ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖަރއާއި ސޭފްޓީ ޑާޓާ ޝީޓް ވަގުތުން ލިބެންހުރިތޯ ބެލުން

މީގެ އިތުރުން ފެނަކަ އޮފީސް ހިންގާ ސަރަހައްދުތަކުގެ އިތުރުން ރަށުގެ އެހެން ފާހަގަ ކުރެވިފައިވާ ސަރަހައްދު ތަކުގައިވެސް މި އިވެންޓް ހަރަކާތުގެ ތެރެއިން ސާފުކުރާ ކަމަށް ފެނަކައިން ބުންޏެވެ.