ހއ. މޮޅަދޫ އާއި ޅ. ކުރެންދޫގައި ފެނަކަ ކޯޕަރޭޝަނުން ހަދާފައިވާ އާ އިންޖީނުގެތައް ހުޅުވައި ޙިދުމަތް ދޭން ފަށައިފިއެވެ.
މޮޅަދޫގައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށާފައި މިވަނީ އެ ރަށުގައި 13 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލުމަށްފަހުއެވެ. އާ އިންޖީނުގެއިން ހިސުމަތް ދޭން ފެށީ ހޯމަ ދުވަހުގެ ހަވީރު 5:28 އިން ފެށިގެންނެވެ.
ޅ. ކުރެންދޫގައި އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ އެ ރަށުގެ 18 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލުމަށްފަހުއެވެ. އެ ރަށުގައި ވެސް އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ ހޯމަ ދުވަހުގެ ހަވީރު 4:57 ގައެވެ.
ހއ. މޮޅަދޫގައި 13 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާ، 12 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 17:28 އިން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފެށިފައިވާ ވާހަކަ އުފަލާއިއެކު ފާހަގަކުރަން. pic.twitter.com/l9zOOtIANu
— Fenaka Corporation Ltd (@TeamFenaka) September 13, 2022
މިއާއެކު މިހާރު މޮޅަދޫ އާއި ކުރެންދޫގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.
ރަށްރަށުގައި ކުރިން ހަދާފައި ހުރި އިންޖީނުގެތަކަކީ ޖާގަ ކުޑަ އަދި އާއްމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހަދާފައިވާ އިންޖީނުގެތަކެކެވެ. އެހެންވެ ޖާގަ ބޮަޑުކޮށް އާއްމުންނަށް ދަތިނުވާ ހިސާބުތަކަށް އިންޖީނުގެތައް ބަދަލު ކުރުނަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!