ށ. އަތޮޅު ކައުންސިލުން އެ އަތޮޅު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝިޔާމް (ޝިޔާންޓޭ) ‘’ތިލަދުން’’ އަށް ވިދާޅުވީ، އަތޮޅު ކައުންސިލްގެ ފަރާތުން އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

Ad
rt

މިގޮތުން ކޮންމެ ކޮމެޓީއަކަށް 10 ހާސް ރުފިޔާގެ އެހީ ދީފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މި އެހީތެރިކަމަކީ އެ ކޮމެޓީތަކުން ރަށްތަކުގެ އިޖުތިމާއީ އަދި އެހެނިހެން ތަރައްޤީއަށް ކުރާ މަސައްކަތަށް އެހީތެރިވެ، އަތޮޅު ކައުންސިލްގެ ބައިވެރިވުން ދިނުމުގެ ގޮތުން ދިން އެހީތެރި ކަމެކެވެ.

މީގެ ކުރިން އަތޮޅު ކައުންސިލުން ވަނީ އެ އަތޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ތަކަށް ކޮމްޕިއުޓަރ ސިސްޓަމް ވެސް ހަދިޔާ ކޮށްފައެވެ.

މީގެ އިތުރު ގިނަ އެހީތެރިކަމެއް އަތޮޅުގެ އެކި އިދާރާ، ކްލަބް ޖަމިއްޔާ ތަކަށް އެ ކައުންސިލުން އަންނަނީ ފޯރުކޮށް ދެމުންނެވެ.