ހއ. ހޯރަފުށީ އެއާޕޯޓުގެ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްލަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ ކުންފުނިން މި މަސައްކަތް ފެށީ އިއްޔެއެވެ.
މި މަޝްރޫއުގެ ދަށުން، 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުމާއި، ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 5.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ހޯރަފުށީ އެއާަޕޯޓުގެ މަސައްކަތް ވެސް ކުރީ އެމްޓީސީސީ އިންނެވެ. އެ އެއާޕޯޓުގައި ޖެޓީއެއް ހަދައިދިނުމަކީ އެއާޕޯޓަށް ދަތުރުކުރާ އެހެން ރަށްރަށުގެ މީހުން އެދެމުން އައި ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!